ހެންވެއިރުގައި ހުންނަ އެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ޒުވާނާގެ މައްސަލައިގައި ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.
ހައްވާ ޔުމްނާ، 21އ، ފުރާޅުގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނެވެ. އޭނާއަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެންއައިސީން ބުނީ، އެ މައްސަލައިގައި ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަން އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން ނިންމީ ތަހުގީގުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެެއް ކުރެވެމުންދާތީ ކޮމިޝަންގެ އަމިއްލަ އިސްނެގުމެއްގެ މަތިން ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ތުހުމަތުތަކެއް ކުރަން ފެށުމުން ފުލުހުން ރޭ ވަނީ އިސްކަންދަރު ކޮށީގައި ޕްރެސް ކޮންފަރެންސެއް ބާއްވައިފަ އެވެ. އާންމުކޮށް ހުޅުވާ ނުލައި ބޭއްވި އެ ޕްރެސްގައި އެ ހާދިސާއާ ގުޅޭ ބައެއް ސީސީޓީވީ ފުޓޭޖުތައް ނޫސްވެރިންނަށް ދެއްކި އެވެ.
ޕްރެސްގައި ފުލުހުން ބުނީ، އޭނާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވި، މިހާރު ޔަގީންވެފައިވާ ކަމަށެވެ. ޒުވާން އަންހެން މީހާ އާއި އޭނާ އާއެކު ހުރި ފިރިހެން މީހާ ވެސް ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ފިރިހެން މީހާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބުންޏެވެ.
ޕްރެސްގައި އަންހެން މީހާގެ ނަން ފުލުހުން ހާމަކުރި ނަމަވެސް އޭނާ އާއެކު އުޅުނު ފިރިހެން މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރި އެވެ. ’ހަފްތާ’އަށް އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާއަކީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލެވެ.

21 Comments
ގުޅުންހުރި
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނޯންނާނެ: ރައީސް
ޔުމްނާ އާއެކު އުޅުނު ރައުދު އެއްބާރުލުމެއް ނުދޭ، ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް،
”ޕާޓީ“ ކުރި ކަމަށް ތުހުމަތުވާ އިޒްދިޔާން ވަކިކޮށް، ދާއޫދު ސަސްޕެންޑް ކޮށްފި
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި