އޭޕްރިލް 25, 2025

ޔުމްނާ ވެއްޓުނު ހާދިސާ: ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަނީ

ހެންވެއިރުގައި ހުންނަ އެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ޒުވާނާގެ މައްސަލައިގައި ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.

ހައްވާ ޔުމްނާ، 21އ، ފުރާޅުގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނެވެ. އޭނާއަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެންއައިސީން ބުނީ، އެ މައްސަލައިގައި ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަން އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން ނިންމީ ތަހުގީގުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެެއް ކުރެވެމުންދާތީ ކޮމިޝަންގެ އަމިއްލަ އިސްނެގުމެއްގެ މަތިން ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ތުހުމަތުތަކެއް ކުރަން ފެށުމުން ފުލުހުން ރޭ ވަނީ އިސްކަންދަރު ކޮށީގައި ޕްރެސް ކޮންފަރެންސެއް ބާއްވައިފަ އެވެ. އާންމުކޮށް ހުޅުވާ ނުލައި ބޭއްވި އެ ޕްރެސްގައި އެ ހާދިސާއާ ގުޅޭ ބައެއް ސީސީޓީވީ ފުޓޭޖުތައް ނޫސްވެރިންނަށް ދެއްކި އެވެ.

ޕްރެސްގައި ފުލުހުން ބުނީ، އޭނާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވި، މިހާރު ޔަގީންވެފައިވާ ކަމަށެވެ. ޒުވާން އަންހެން މީހާ އާއި އޭނާ އާއެކު ހުރި ފިރިހެން މީހާ ވެސް ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ފިރިހެން މީހާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބުންޏެވެ.

ޕްރެސްގައި އަންހެން މީހާގެ ނަން ފުލުހުން ހާމަކުރި ނަމަވެސް އޭނާ އާއެކު އުޅުނު ފިރިހެން މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރި އެވެ. ’ހަފްތާ’އަށް އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާއަކީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލެވެ.

21 Comments

  • Ahmed Naseer އޭޕްރިލް 23, 2025

    Thahugeegu hinganee rangalhah tho balan vess thibee hama eh baeh,

    dhen kihineh thikan kuranee,

    • Ahmed Rasheed އޭޕްރިލް 23, 2025

      Ahmed Naseer ladayaa vaanee ladayaa.
      Konme nameh kiyaafa ayass nikamethi nah othee dheragoyy.
      Mathi fadiyah molhu goyy

      • Ahmed Naseer އޭޕްރިލް 23, 2025

        Ahmed Rasheed haggu thedhu akhi

  • Ahmed Fareesh އޭޕްރިލް 23, 2025

    Keekey dw dhen bunaany. Furathama mi jeheny thahugeeg hingany rangalhah dw balan ekan vx thahgeeg kuran. Miothy vaa sarukaareh 🤦🏽

  • Maryam Yumna އޭޕްރިލް 23, 2025

    Kihaa dhera kameh

  • Fathmath Badoora އޭޕްރިލް 23, 2025

    Thi integrity akah ves onnaanee aiy baanaafa. Kihineh balaanee. Hurihaakameh onnanee olhuvaalaafa. Ekujja bala docterunnah ves othee inzaaru dheefa. Report ves nudhakkan.

  • Ihusaana Ali އޭޕްރިލް 23, 2025

    ތަހުގީގުކޮއްފަ ބުނާނީ އެމަންޖެ ފުއްމާލީޔޭ. ހަމަޔަކުނޫނޭހުރީ.

  • Farzan Hassan އޭޕްރިލް 23, 2025

    Dhen fuluhun ekan kuranee ragalhah kamah bune emeehunnaa ehkolhah bayaan neregen mi kan hindhaalan vegen hadhaa emme molhu ethi mihadhanee

  • Hussain Farooq އޭޕްރިލް 23, 2025

    Kaaku tho rangalhah balani. Rayyithun ithubaaru kuraa evves muassasaa eh mihaaru neiy?

    • Ibrahim Ib އޭޕްރިލް 24, 2025

      Hussain Farooq
      ކޮންއިރަކު އޮތީ….
      އޭރުވެސް މިހާރު ވެސް
      ރައީސް އައްޔަންކުރާ ހޯމް މިނިސްޓަރުގެ ދަށުން ޕޮލިސް ހިނގަނީ.ޕޮލިސް ކޮމިޝަނާ އައްޔަން ކުރަނީ ރައީސް.
      މިނިވަން މުއައްސަސާތަކުގެ މަންބަރުން އައްޔަން ކުރަނީ ރައީސް ނަން ފޮނުވީމަ މަޖިލީހުން.ވަކި ކުރަނީ މަޖިލީހުން.މަޖިލިސް މެޖޯރިޓީ އޮންނަ ބަޔަކު ބޭނުންވާ ބަޔަކު ކޮމިޝަންތަކަށް އާ އައްޔަންކޮށް ވަކިކުރާނީ.މެޖޯރިޓީ އޮތް ބައެއްގެ އިންޓަރެސްޓާ އެއްގޮތަށް ކޮމިޝަންތައް ފަންކްޝަން ކުރަނީ އޭރުވެސް މިހާރުވެސް.

      • Hussain Farooq އޭޕްރިލް 24, 2025

        Ibrahim Ib kurin ves goas. mihaaru maabodah ves goas. Maazee rangalhen nukureveyne. Rangalhu kureveynee kuriah oiy thah 🙂

  • Bittu Brw އޭޕްރިލް 23, 2025

    Thives beykaaru kameh

  • Ahmed Shujaau އޭޕްރިލް 23, 2025

    Thi thahugeegakee mihaaru nimifavaa ehcheh veringe dhariyaku bandhehves nukuraane

  • Adam Atheef އޭޕްރިލް 23, 2025

    Balaakah nujehey.
    Dhakka vaahakain ekan ingey.

  • MD Thakurufanu އޭޕްރިލް 24, 2025

    Kobaa kauchah fai negi vaahaka. Kobaa arihurahah oi vaahaka. Ekankan diyaee rangalhahtho balaane bayaku hodan eba jehey.

  • Aslam Nazim އޭޕްރިލް 24, 2025

    ފުލުހުންގެ ތަހުގީގު ރަނގަޅު ކަމަށް އިންޓަގްރިޓީ އިން ނިންމާނެހެން ހީވަނީ.. ސިޔާސީ ކަންކަމަކީ ހިތަށްވެސް ނާރާ ގޮތްގޮތަށް ދާ ކަންކަން. އެހެންވެ ބުނަނީ “ ޕޮލިޓިކްސް އިޒް އަ ޑަރޓީ ގޭމް“ އޭ..

  • Ahmed Hameed އޭޕްރިލް 24, 2025

    😂😂😂 fuluhunney Thi kiyaa baigan’du mihaaru Siyaasee party eh gothuga registry nuve in kan 😂😂😂

  • Masood Ali އޭޕްރިލް 24, 2025

    Rangalha thoves balany hama emyhun 🤣

  • Ibrahim Ib އޭޕްރިލް 24, 2025

    ރަނގަޅަށް ތަހުގީގު ހިނގާތޯ ބަލަން ތިބީ ވެސް އެއްބައެއް.
    މިއަދު އިންސާފު ގާއިމު ކުރާށޭ ކިޔާފަ މުޒާހަރާ ކުރާ މީހުންނަކީ އިއްޔެ މިފަދަ މައްސަލަތަކުގައި އިންސާފު ގާއިމު ނުކޮށް ހަމަ މިއަދު ފަދައިން ބޮޑުންގެ މައްސަލަތައް ފުލުހުންގެ ތެރޭން ހިންދާލި މީހުން.
    މިދިޔަ ދައުރުގެ ރައީސަކަށް ހުންނެވި އިބޫ ސޯލިހްގެ ކޮއްކޮ ހިންނަވަރު ދާއިރާގެ ކުރީގެ މެންބަރު ޖީހާންގެ ފިރިމީހާ ބިދޭސީ އަންހެނަކު ހުޅުމާލޭ ފަޅުގަ އޮތް ސަފާރީއެއްގައި ރޭޕް ކުރީމާ ހަމަ ފުލުހުންގެ ތެރޭން އެމައްސަލަ ހިންދާލީ ސަރުކާރުން.
    އެކަމާ ފުލުހުން ވެސް ސަރުކާރުން ވެސް އެއްޗެއް ބުނިތަ؟؟؟ކުޑަމިނުން ޖީހާން އަށް ކެރުނުތަ އެމައްސަލައިގަ އެއްޗެއް ބުނަން.
    އެހެންވީމަ މިއަދު މުއިއްޒު ސަރުކާރުގަ ތިބެގެން މިމައްސަލަތައް އޮއްބާލާ މީހުން ދެން އަންނަ ސަރުކާރެއްގައި މިފަދަ ކަންކަން ހިނގީމަ މަގުމައްޗަށް ނުކުމެ ގޮވާނެ އިންސާފު ގާއިމުކުރާށޭ.
    މިރޭޕް ކޭސްގައި ހިމެނޭހެން މީހުން ތޯއްޗެއް އެދުވަހަކުން އެންމެ ކުރީގަ މުޒާހަރާ ލީޑްކުރާނީ.😂😂

  • Nasihath Hussein އޭޕްރިލް 24, 2025

    nukuraane haamayah ehkameh ves nukuraane

  • Mohamed Nashid އޭޕްރިލް 24, 2025

    Crime petrol saithaan india ga ulhey polihungeneyas miahvure furihama ya thahugeegu dhaane kamah feney 😁😁

Leave a Reply to Mohamed Nashid Cancel reply