ރައްޔިތުންގެ ލޯބްތާއި އިހުތިރާމާއި އިތުބާރު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަދި ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ސީޕީ މިހެން ވިދާޅުވެފައި މިވަނީ ހެންވެއިރުގެ ގެއެއްގެ މަތިން އެ ގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ކުއްޖަކު ވެއްޓުނު މައްސަލައިގައި ނާއިންސާފުން އަދި ކަންތައްތަކެއް ފޮރުވަން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު އަމާޒުވެފައި ވަނިކޮށެވެ. އެ މައްސަލައިގައި ފުލުހުންނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއްވެސް ވަނީ ފަށައިފަ އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީއެއް ތައާރަފުވެގެން އައި ހިސާބުން ފުލުހުންގެ ތަސައްވުރާ ދޭތެރޭ ސުވާލު އުފެދޭ ކަންކަން ހިނގާފައިވާ ކަމަށާއި މިއަދު އެ ކަންކަމުން އިބުރަތް ލިބިގެން ކުރިއަށްދާން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި ކުރި އަރާފައިވާ ގައުމުތަކުގައި ދޭ ފަދަ ހިދުމަތެއް ރާއްޖޭގެ ފުލުހުންގެ ފަރާތުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
”ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް ވަރަށް ގިނަ ކަންކަން އަދި ވެސް ކުރަންޖެހޭކަން ގަބޫލުކުރަން. ފުލުހުންނާއި ރައްޔިތުންގެ ގުޅުން މި ހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ. ހުށަހެޅޭ މައްސަލަތައް މިހާރަށްވުރެ އަވަހަށް ނިންމަންޖެހޭ. މައްސަލަތަކުގެ ވާނުވާ، މައްސަލަތައް ހުށަހަޅާ ފަރާތްތަކަށް މިހާރަށްވުރެ ހަރުދަނާކޮށް އަންގަން އެބަޖެހޭ،“ ސީޕީ ވިދާޅުވި އެވެ.
ރައްޔިތުންނަށް ހިދުމަތް ކުރުން ނޫން އިތުރު އެއްވެސް މަގުސަދެއް ދިވެހި ފުލުހުންގެ ނޯންނާނެކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ފުލުހުން ވާނެ ކަމަށެވެ.
”ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އަނިޔާވެރިވާނޭ ހިދުމަތެއް ނޫން. ދިވެހި ފުލުހުންނަކީ އަނިޔާވެރިވާނޭ ބައެއް ނޫން. ވަކިވަކި ފުލުހުންގެ ވަރަށް މަދު ހާލަތްތަކެއްގައި ފެންނަ ކަންކަން އެއީ މުޅި ހިދުމަތް ރަމްޒުކޮށްދޭ ކަމަކަށް ނުހެދުން އެދެން،“ ސީޕީ ވިދާޅުވި އެވެ.




23 Comments
ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން