މާލޭގެ ގެއެއް ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު އަހްމަދު ޒިލާލުގެ ބަންދަށް ފަސް ދުވަސް މިއަދު ޖަހައިފި އެވެ.
ފުލުހުން މިއަދު ބުނީ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި ކަމަށެވެ.
ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން އޭނާއާއެކު އެ ރޭ އުޅުނު ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

1 Comment
ގުޅުންހުރި
މި އަހަރު 800 އެއްހާ މަޝްރޫއު ކޮންޓްރެކްޓްކުރާނެ: ރައީސް
ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި
ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި
ފޭސް ދޭއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި