އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއަށް ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޝަހީމް އަދާލަތު ޕާޓީއިން ވަކިވެވަޑައިގަތީ 14 ފެބްރުއަރީ 2017 ގައެވެ.
ޝަހީމް އެ ފަހަރު ޕާޓީން ވަކިވެވަޑައިގެންނެވީ އޭރު އޮތް ރައީސް އަބްދުالله ޔާމީންގެ ވެރިކަމާ ދެކޮޅަށް, އެ ޕާޓީން އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.
އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށްފަހު ޝަހީމް ވަނީ ޕީޕީއެމްއާ ގުޅުވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރައްވައިފަ އެވެ. ނަމަވެސް އެ އިންތިހާބު ނާކާމިޔާބުވެވަޑައިގަތުމުން ޝަހީމް ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސް މަގާމަކަށް ވަޑައިގެންފަ އެވެ.
ޝަހީމް އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތް ކުރެއްވި އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ.
ޝަހީމަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަަރުކާރާއި ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މިހާރު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރަކީ ޝަހީމެވެ.
އަދާލަތު ޕާޓީއަށް އަލުން ގުޅިވަޑައިގަތުމަށް ޑރ. ޝަހީމް ނިންމެވުމުން ޝެއިހް އިލްޔާސް ހުސެއިން ވަނީ އެއީ ޕާޓީ ހަރުދަނާކޮށް ކުރިއެރުވުމަށް ވަރަށް ރަނގަޅު ނިންމެވުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ޑރ. ޝަހީމްގެ އެ ނިންމެވުމަށް ވަނީ ތާއީދު ކުރައްވާފައެވެ.

2 Comments
ގުޅުންހުރި
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
1434 ދަރިވަރަކު ދަނީ ގުރުއާން ހިތުދަސްކުރަމުން، ގިނައީ އަންހެން ކުދިން
ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ވިޔަފާރި ކުރާތީ ބީއެމްއެލް އިން ކަންބޮޑުވެ، ކުދިކިޔަން
ސިފައިންގެ ކޮޅުވެއްޓި އޮތީ 1800 ފޫޓު އަޑީގައި، ގެއްލިގެން ހޯދާ ބިދޭސީ
ޝަމްއާއިން ދެންތިބި މީހުންގެ ޝަރީއަތް ފަށައިފި، އެކަކު ވަނީ ދައުވާއަށް އިއުތިރާފުވެފަ