ޖުލައި 1, 2025

ޝަހީމް އަދާލަތު ޕާޓީއަށް ގުޅިވަޑައިގަތުމަށް ނިންމައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއަށް ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.

ޝަހީމް އަދާލަތު ޕާޓީއިން ވަކިވެވަޑައިގަތީ 14 ފެބްރުއަރީ 2017 ގައެވެ.

ޝަހީމް އެ ފަހަރު ޕާޓީން ވަކިވެވަޑައިގެންނެވީ އޭރު އޮތް ރައީސް އަބްދުالله ޔާމީންގެ ވެރިކަމާ ދެކޮޅަށް, އެ ޕާޓީން އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.

އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށްފަހު ޝަހީމް ވަނީ ޕީޕީއެމްއާ ގުޅުވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރައްވައިފަ އެވެ. ނަމަވެސް އެ އިންތިހާބު ނާކާމިޔާބުވެވަޑައިގަތުމުން ޝަހީމް ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސް މަގާމަކަށް ވަޑައިގެންފަ އެވެ.

ޝަހީމް އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތް ކުރެއްވި އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

ޝަހީމަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަަރުކާރާއި ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މިހާރު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރަކީ ޝަހީމެވެ.

އަދާލަތު ޕާޓީއަށް އަލުން ގުޅިވަޑައިގަތުމަށް ޑރ. ޝަހީމް ނިންމެވުމުން ޝެއިހް އިލްޔާސް ހުސެއިން ވަނީ އެއީ ޕާޓީ ހަރުދަނާކޮށް ކުރިއެރުވުމަށް ވަރަށް ރަނގަޅު ނިންމެވުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ޑރ. ޝަހީމްގެ އެ ނިންމެވުމަށް ވަނީ ތާއީދު ކުރައްވާފައެވެ.

2 Comments

  • Guiseppe Guiseppe މެއި 1, 2025

    Eulheny mdp ge verikan 2028 ga fesheynethy magaam hoadhan …adhaalathuge ruhunnulibi ministerklamuga nuhureveyne furathama isthiufaadhee eahfahu partyge magaamakah kurimathileveyny

  • Choice Shah މެއި 2, 2025

    ވެރިކަމަށް ދަހިވެތި މީހެއް ޟަހީމްއަކީ އަބަދުވެސް މަގާމާ ފައިސާ ފަހަތުން މުއިއްޒު އަޑީގަހުރެގެން ހިންގާ ޖަރީމާތަކާ ކުރާ ވައްކަމާ ހަދާހާ ދޮގުތަކާ ދެކޮޅަށް ބަސްނުބުނެ ތިބޭ އިލްމުވެރިންގެ އިލްމުގެ ބޭނުމެއް ކޮބާ ވަގުންނަށް ހިއްވަރުދޭ އިލްމުވެރިން ފެއިލްވެއްޖެ

Leave a Reply to Choice Shah Cancel reply