މެއި 14, 2025

އެހެން މީހަކާ ކައިވެނި ކޮށްފާނެތީ އަންހެނަކު، އޭނާގެ ލޯބިވެރިޔާގެ ކަށި އިނގިލި ބުރިކޮށްލައިފި

ފިލްމު، ޓީވީ ޕްރޮގްރާމް ނުވަތަ ކޮމިކް ފޮތް ފަދަ ތަކެތީގައި އުޅޭ ކެރެކްޓާ ގޮތަށް ހެދުން އަޅާ ޖަޕާނުގެ އަންހެނަކު، އޭނާގެ ލޯބިވެރިޔާގެ ކަށި އިނގިލި ބުރިކޮށްލައިފި އެވެ.

ޖަޕާނުގެ ހޮންޝޫ އައިލެންޑްގެ ކަންސައި ސަރަހައްދުގައި އޮންނަ އޮސާކާގައި މިދިޔަ ޖަނަވަރީ މަހު ހިނގި އެ ހާދިސާ މީޑިއާގެ ސަމާލުކަމަށް އައީ މި ފަހުންނެވެ.

އޮސާކާގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ހާދިސާ ރިޕޯޓްކުރީ އަނިޔާ ލިބުނު 21 އަހަރުގެ ފިރިހެން މީހާ އެވެ. ނަން ހާމަކޮށްފައި ނުވާ އެ ފިރިހެން މީހާ ބުނެފައިވާ ގޮތުން އޭނާގެ ލޯބިވެރިޔާ ސާކީ ސަޓޯ، 23އ، އޭނާގެ އިނގިލި ބުރިކޮށްލުމަށްފަހު ފްރިޖަށް ލީ އެ މީހުންގެ ގުޅުން ނިމުމަކަށް ގެންނައުމާ ގުޅޭ ޒުވާބަކަށްފަހު އެވެ.

މި މައްސަލައާ ގުޅިގެން އަންހެން މީހާއާ ސުވާލު ކުރުމުން އޭނާ ވަނީ ފިރިހެން މީހާ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި އޭނާ އެހެން މީހަކާ ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

މި މައްސަލައިގެ ތަހުގީގުން އިތުރަށް އެނގުނު ގޮތުގައި އަންހެން މީހާ ވަނީ ފިރިހެން މީހާގެ ބޭންކް ފޮތާއި ފޯނުވެސް ހިފަހައްޓައިފަ އެވެ. މި މައްސަލައާ ގުޅިގެން އަންހެން މީހާއަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. ނަމަވެސް ލޯބިވެރިޔާގެ އިނގިލި ބުރިކޮށްލި ވާހަކައަށް އެއްބަހެއް ނުވި އެވެ.

6 Comments

  • Hussain Saleem މެއި 11, 2025

    Mohamed Fathuhy

  • Hawwa Naeema މެއި 11, 2025

    Ingilli baa meehakaa inanee🙄

  • Mashitha Abdulla މެއި 11, 2025

    Inglili keekuran athiy burikurias ehen meehakaa inan beynumiyaa indheveyne dho 😄

  • Shameen Jihad މެއި 12, 2025

    ފިރިހެނުންނަށް އަނިޔާކުރީމަ ފިރިހެނުންނާ އެއްކޮޅަކަށް ވަކާލާތުކުރާނެ ބަޔަކު ނުވޭ!
    **ނަސީބެއްނު އިނގިލިން ފުއްދާލިކަން!

  • Xai Navee މެއި 12, 2025

    Keekey bunaanee
    Moyavefa thihiree thi meehaa

  • Aishath Zara މެއި 12, 2025

    Kashi ingili nethas kaiveni kureveyne, nubai thaneh thi buri kolly
    Hahah

Leave a Reply to Hussain Saleem Cancel reply