ޖުލައި 4, 2025

އަބްދުއްރަހީމާއި ޝިޔާމް އަޅުގަނޑު ދޫކޮށްދިއުމުން ހިތަކަށް އެއްވެސް އެއްޗެއް ނާރާ: ޔާމީން 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، އެ މަނިކުފާނު ދޫކުރައްވައި ވަޑައިގަތަސް ހިތަކައް އެއްޗެއް ނާރާ ކަމަށާއި ނަމަވެސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ކަންތައްކުރައްވާ ގޮތުން ހިތަށް އަސަރުކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުގައި އޭރު ތިއްބެވި ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭފުޅުން ދައްކާފައިވާ ވާހަކަތަކުގެ ރިކޯޑިންއެއް ދައްކާފަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި، މުއިއްޒު ހިމެނިވަޑައިގަންނަވާހެން ގައްސާން އާއި އާދަމް ޝަރީފް ވެސް ވިދާޅުވީ އެ ބޭފުޅުން ތިއްބެވީ ”ޔާމީންއާ އެކު ގަދަކޮށް“ ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އޭރު ޔާމީން ހުންނެވީ ޖަލު ބަންދުގައި ކަމަށެވެ.

ޔާމީން ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާއްސަން އަދި އާދަމް ޝަރީފު ދެއްކެވީ ”ޑިސަޕޮއިންޓިން“ ވާހަކަތަކެއް ކަމަށެވެ. ޔާމީން ވިދާޅުވީ ގައްސާނަކީ އާއިލީ ބޭފުޅެއް ކަމަށާއި އެހެންވެ އެ މަނިކުފާނާއެކު އެއްވެސް ޝަރުތެއްނެތި ގައްސާން ހުންނަވާނެކަމަށް ހީފުޅުކުރެވުނު ކަމަށެވެ. އާދަމް ޝަރީފަކީ ވެސް އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުން ފެށިގެން ވަރަށް އެކުގައި އުޅުއްވި ބޭފުޅަކަށް ވުމުން އެ އުންމީދު އޭނާގެ ކިބައިން ވެސް ކުރެވުނު ކަމަށް ޔާމީން ވިދާޅުވި އެވެ.

”ގައްސާނަށް ވުރެ ތަންކޮޅެއް ދުރުން، އެހެން ނަމަވެސް އަޅުގަނޑު ވަރަށް ވަރަށް ޑިސްއަޕޮއިންޓުވޭ އާދަމް ޝަރީފް މިވާހަކަ މިގޮތަށް ދެއްކެވީމާ. އާދަމް ޝަރީފަކީ އުފެދިގެން އައިސް ޑިފެންސް މިނިސްޓަރުކަމާއި މިފަދަ ހުރިހާ ކަމެއް ކޮށްދިނީ އަޅުގަނޑު،“ ޔާމީން ވިދާޅުވި އެވެ.“ގައްސާން އެ ކުރެއްވި ކަމަކީ ގަބޫލުކުރެވޭ ކަމެއް ނޫން. އާދަމް ޝަރީފް އެ ކުރެއްވި ކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން.“

9 Comments

  • Thoha Mohemed މެއި 19, 2025

    Manikfaan abadhu egothaka kankan nuvaane dhetho.

  • Hawwyy Hawwa Sameer މެއި 19, 2025

    Hithah naaraa nama thihen vx nubunaane.kanthah thakeh vegen dhw bai bai vegen thiulhenii🤦🏻‍♀️

  • Mohamed Abdulla މެއި 19, 2025

    ބޭބެ ޖަލައްލިއިރުވެސް ނައަރާދޯ

  • Axe Kinzoku މެއި 19, 2025

    Emme nurakkaatheri meehun ves dhaney ogaatherin ariskurumah. Ehenve aneh nurakkaa meehaa dhurah dhiumakee kanboduvumeh noon. E ee libeyne luyeh.

  • Ammi Ahmeem Easa މެއި 19, 2025

    Hiy nethiyyaa naaraane ennu bro

    • Abu Yooan މެއި 19, 2025

      Ammi Ahmeem Easa hithah araaleh bodukamun eii

  • Ayya Sharyf މެއި 19, 2025

    Dhen kyhveyo thihen thi koyany

  • Waheed Mohamed މެއި 20, 2025

    Varah asarukurey, ehenveemaa konme reaku 🎤 angayah laigen thihafanee

  • Tom De Nero މެއި 20, 2025

    Aharumen hithah naaraane kaheruvakekey ves politics rihaganduga ulhey Emmen aharumen dhooko dhiyayas

Leave a Reply to Abu Yooan Cancel reply