ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، އެ މަނިކުފާނު ދޫކުރައްވައި ވަޑައިގަތަސް ހިތަކައް އެއްޗެއް ނާރާ ކަމަށާއި ނަމަވެސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ކަންތައްކުރައްވާ ގޮތުން ހިތަށް އަސަރުކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުގައި އޭރު ތިއްބެވި ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭފުޅުން ދައްކާފައިވާ ވާހަކަތަކުގެ ރިކޯޑިންއެއް ދައްކާފަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި، މުއިއްޒު ހިމެނިވަޑައިގަންނަވާހެން ގައްސާން އާއި އާދަމް ޝަރީފް ވެސް ވިދާޅުވީ އެ ބޭފުޅުން ތިއްބެވީ ”ޔާމީންއާ އެކު ގަދަކޮށް“ ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އޭރު ޔާމީން ހުންނެވީ ޖަލު ބަންދުގައި ކަމަށެވެ.
ޔާމީން ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާއްސަން އަދި އާދަމް ޝަރީފު ދެއްކެވީ ”ޑިސަޕޮއިންޓިން“ ވާހަކަތަކެއް ކަމަށެވެ. ޔާމީން ވިދާޅުވީ ގައްސާނަކީ އާއިލީ ބޭފުޅެއް ކަމަށާއި އެހެންވެ އެ މަނިކުފާނާއެކު އެއްވެސް ޝަރުތެއްނެތި ގައްސާން ހުންނަވާނެކަމަށް ހީފުޅުކުރެވުނު ކަމަށެވެ. އާދަމް ޝަރީފަކީ ވެސް އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުން ފެށިގެން ވަރަށް އެކުގައި އުޅުއްވި ބޭފުޅަކަށް ވުމުން އެ އުންމީދު އޭނާގެ ކިބައިން ވެސް ކުރެވުނު ކަމަށް ޔާމީން ވިދާޅުވި އެވެ.
”ގައްސާނަށް ވުރެ ތަންކޮޅެއް ދުރުން، އެހެން ނަމަވެސް އަޅުގަނޑު ވަރަށް ވަރަށް ޑިސްއަޕޮއިންޓުވޭ އާދަމް ޝަރީފް މިވާހަކަ މިގޮތަށް ދެއްކެވީމާ. އާދަމް ޝަރީފަކީ އުފެދިގެން އައިސް ޑިފެންސް މިނިސްޓަރުކަމާއި މިފަދަ ހުރިހާ ކަމެއް ކޮށްދިނީ އަޅުގަނޑު،“ ޔާމީން ވިދާޅުވި އެވެ.“ގައްސާން އެ ކުރެއްވި ކަމަކީ ގަބޫލުކުރެވޭ ކަމެއް ނޫން. އާދަމް ޝަރީފް އެ ކުރެއްވި ކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން.“

9 Comments
ގުޅުންހުރި
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ރިޝްވަތު ދިން ވާހަކަ ދޮގުކޮށް ޔާމީން ގޮވައިގެން މައުމޫން ކޯޓަށް ދާން
ރައީސް މުއިއްޒު ވެރިކަން ކުރަމުންދަނީ ދޯހަޅިކޮށް، ހުދުމުހުތާރު ގޮތެއްގައި: ޔާމީން
މަޖިލިސް މެންބަރެއް މެދުވެރިނުކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް ހަދަނީ
ޕީއެންސީ ޕީޖީ ގްރޫޕާ ދެކޮޅަށް ފިތުނަ ފަތުރަން ޔާމީން ވަނީ އައްބާސަށް
ކައުންސިލުތަކުގެ އާ އިމާރާތް ހަދަން ހަވާލުކުރިތާ ހަ މަސްތެރޭ އެއްބަސްވުން ބާތިލުކޮށްފި