ޖުލައި 13, 2025

އެއްބާރުލުން ނުދޭ ވާހަކައަކީ ދޮގެއް، ޔުމްނުގެ ބަޔާން ނަގަން ފުލުހުން ރަސްމީކޮށް ނޭދޭ: އާއިލާ

އޭޕްރިލް 18 ވަނަ ދުވަހުގެރޭ ހ. މިޓާޒްގޭ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނަގަން ފުލުހުންގެ ހިދުމަތުގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި އެވެ.

ޔުމްނުގެ އާއިލާއިން ފުލުހުންނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އެ އައިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނެ ހެދީ ދޮގެއް ކަމަށެވެ. އެ ހާދިސާގެ ތަހުގީގަށް ހުރަސް އެޅޭ ފަދަ އެއްވެސް އަމަލެއް އެ އާއިލާ އިން ނުކުރާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ނުކުރާނެ ކަމަށްވެސް ބުންޏެވެ

”ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީ ގޮތެއްގައި މިހާތަނަށް ވެސް ތިޔަ ހިދުމަތުން އާއިލާއަށް އަންގައިފައެއް ނުވެ އެވެ، ފުލުހުންގެ ހިދުމަތުން ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީވާނެ ކަމުގައި ދަންނަވަމެވެ،“ ޔުމްނުގެ އާއިލާގެ ސިޓީގައި ބުންޏެވެ.

އާއިލާ އިން ބުނީ، ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު އެންމެ ކުރީކޮޅު ފުލުހުން ގެންދިޔަ ގޮތުން އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އާއިލާއަށް ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް ބުންޏެވެ.

ޔުމްނުގެ އާއިލާ އިން ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ  ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުން މެލޭޝިޔާއަށް ދިޔުމުން ވެސް އެ އާއިލާ އިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ޑރ. ހަސަން އުމެއިރުއާ އާއިލާއިން ދޮޅުގަޑިއިރުގެ ބައްދަލުވުމެއް ބޭއްވި ފަހުން ކަމަށެވެ.

އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން އާއިލާއިން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެފަދަ ހިދުމަތެއް ހޯދަން ވެސް ފުލުހުންގެ ފަރާތުން އެދިފައި ނުވާކަމަށް އެ ސިޓީގައި ބުންޏެވެ.

10 Comments

  • قربا الآخرة މެއި 25, 2025

    Ekam iyye bunee adhi yumnu mentally unfit kamah.. mihaaru ok tha?

  • Faathumathu Jesika މެއި 25, 2025

    Masthu vegen group hadhaagen lehvihaa nubaa kameh kuramuh mi bakari dhuvani rasmi kon Aailaa in edhigen

  • Ibrahim Thoif މެއި 25, 2025

    Office ehbaa 🤣🤣
    Dhedhuvahu ekahchehves kiyaakah neyngey mihaaru 🤣🤣

  • Sparkle LVe މެއި 25, 2025

    Izzathaa sharafaa ekeetha dhaan jehenee.mew haadha bodaa kamehves huri aailaa ekey dho. MAa thaahiru kameh kurumuge thereyga nama rangalhu mikameh mi v mivattharah ladhu hayaateh nethigen ulhen.alhe dhogettha???

  • Mu Ja މެއި 25, 2025

    Iyye buni aailaain bayaan negey haalathehga nooney edhari othy mikan bodu kamakah vejje

  • Moosa Shiyam މެއި 25, 2025

    Police gengu
    Kazaabu
    Mihaathana thedhey bunefakaa. Ney

  • Umibunah މެއި 25, 2025

    ތިޢާއިލާގެތިހުރިހާމީހުންގެއެއްބާރުލުނާއެކުރަސްމީކޮއްކުރަމުންއައިކަމަކަށްވީމާތިޢާއިލާމީހުންއެއްމެތެދެއްވެސްނަހަދާނެއަންހެނުންގެސިފައިގައުޅޭޝައިޠާނުންތިހެންއުޅޭއެއްޗެހިންނަކީތެދުހަދާނެކަމައްއުއްމީދުކުރުމަކީމޮޔަކަމެއްމީލޭބޮޑުންނަށްވީމާތިކަހަލަކަންކަންވަރައްގިނައިންކުރާނެ ރާބުއިމާއިވައްކަންކުރުމާއިޒިނޭކުރުމާއިމިކަންކަންޢާއްމުކޮއްކުރަނީމާލޭގެބޮޑުންގެދަރިން ރާއްޖެތެރޭތިކަމެތިންގެދަރިންމާލެއައިމާއެކުދިންހައްލާލައިގެންމިމާލޭގެބޮޑުންގެދަރިންއެކުދިންލައްވާހުރިހާނުބައިކަމެއްކުރުވަނީމީހަގީގަތް

  • Nad Nadheem މެއި 25, 2025

    Antharees Heevey..
    Dhari raaboe ziney koh party kuramun dhuvee konthanakun rasmee liun libigentha..

  • Hussain Husko މެއި 25, 2025

    Mi kuhja ah vuren maa bodah samaalu kan dheyn jehey, maa bodah naainsafu vefa thini ethah bayaku eba thibi mi qaumu ga…. mulhi qaumu mi kamuga ulhen v keehve?

    Konkamaku ulheni kon mi haadisaa dhimaa v ?

  • Farishath Fathimath މެއި 25, 2025

    Yumnu bolah kedun noon kameh neth.

Leave a Reply to Sparkle LVe Cancel reply