އޭޕްރިލް 18 ވަނަ ދުވަހުގެރޭ ހ. މިޓާޒްގޭ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނަގަން ފުލުހުންގެ ހިދުމަތުގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި އެވެ.
ޔުމްނުގެ އާއިލާއިން ފުލުހުންނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އެ އައިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނެ ހެދީ ދޮގެއް ކަމަށެވެ. އެ ހާދިސާގެ ތަހުގީގަށް ހުރަސް އެޅޭ ފަދަ އެއްވެސް އަމަލެއް އެ އާއިލާ އިން ނުކުރާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ނުކުރާނެ ކަމަށްވެސް ބުންޏެވެ
”ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީ ގޮތެއްގައި މިހާތަނަށް ވެސް ތިޔަ ހިދުމަތުން އާއިލާއަށް އަންގައިފައެއް ނުވެ އެވެ، ފުލުހުންގެ ހިދުމަތުން ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީވާނެ ކަމުގައި ދަންނަވަމެވެ،“ ޔުމްނުގެ އާއިލާގެ ސިޓީގައި ބުންޏެވެ.
އާއިލާ އިން ބުނީ، ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު އެންމެ ކުރީކޮޅު ފުލުހުން ގެންދިޔަ ގޮތުން އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އާއިލާއަށް ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް ބުންޏެވެ.
ޔުމްނުގެ އާއިލާ އިން ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުން މެލޭޝިޔާއަށް ދިޔުމުން ވެސް އެ އާއިލާ އިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ޑރ. ހަސަން އުމެއިރުއާ އާއިލާއިން ދޮޅުގަޑިއިރުގެ ބައްދަލުވުމެއް ބޭއްވި ފަހުން ކަމަށެވެ.
އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން އާއިލާއިން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެފަދަ ހިދުމަތެއް ހޯދަން ވެސް ފުލުހުންގެ ފަރާތުން އެދިފައި ނުވާކަމަށް އެ ސިޓީގައި ބުންޏެވެ.




10 Comments
ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު