ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމޭރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާ ކުރިއަށް ގެންދަން ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.
އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން އުމޭރުގެ ކަރާމާތަށް އަރައިގަނެއެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބޭރު (މާންދީ) ދެއްކި ވާހަކަތަކާއި ގުޅިގެން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ދެކޮޅަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ދައުވާކޮށްފަ އެވެ.
ނަމަވެސް އެ ދައުވާތައް ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެ ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީންން ވަނީ އިޖުރާއީ ނުކުތާއެއް ނަގައިފަ އެވެ.
ސިވިލް ކޯޓުން އެ އިޖުރާއީ ނުކުތާ ގުޅިގެން އިއްޔެ ނިންމި ނިންމުގައި ވަނީ އަނބުރުގެ ދައުވާތައް ސިވިލް ކޯޓަށް ބެލޭނެ ކަމަށާއި އެފަދަ މައްސަލަތައް މީގެ ކުރިން ވެސް އެ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 4
ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ ޝުކުރޫގެ ލޯ ފާމް ކަމަށްވާ ރެހެންދި ޗެމްބާސްއިން ނެރުނު ނޫސްބަޔާނެއްގައި މީގެކުރިން ބުނެފައިވަނީ މާންދީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ ކަމަށެވެ. މާންދީގެ މައްޗަށް ދައުވާކުރީ އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެފައިވާތީ ކަމަށެވެ. އަދި އުމޭރުގެ ކިޔެވުމަށާއި މުސްތުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިވެފައިވާތީ ކަމަށެވެ.
ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާންދީއާއި އެމްޑީޕީ އަދި ފައްޔާޒުއާ ދެކޮޅަށް ސިވިލް ކޯޓުގެ އިތުރުން ފެމިލީ ކޯޓުގައި ވެސް ދައުވާކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއް ކަމަށް ވެފައި، އެކަން ހުއްޓުވުމަށް އެ ޕާޓީން މަސައްކަތްކޮށްފައި ނުވާތީ ކަމަށް ލޯ ފާމުން ބުންޏެވެ. އަދި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެ ވާހަކަތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެފަދަ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް ފައްޔާޒު އެކްސްގައި ޕޯސްޓެއް ކުރެއްވުމުގެ ސަބަބުން ކަމަށް ލޯ ފާމުން ބުންޏެވެ.

7 Comments
ގުޅުންހުރި
އީދަކީ އުފާވެރި ހަނދާންތައް ގެނުވާ ދުވަހަކަށް ހެދުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ތިމާއާ ދޭތެރޭ ނުބައިކޮށް ހިތި މީހާއަށް މާފުކުރުމަކީ ވެސް ކުރެވޭ ހެޔޮ
ހައްޖަށް ދިއުމަށް ދެކެމުން އައި ހުވަފެން 98 އަހަރުގައި ހަގީގަތަކަށް، ލޮލުން
އަލްހަމްދުﷲ! ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި، އެންމެންގެ ހާލު ރަނގަޅު
ރައީސްގެ ދުއާއަކީ ދިވެހިންގެ ހިތްތަކުގައި އެއްބައެއްވަންތަކަން އާލާކުރެވި، އެކުވެރިކަން ބަދަހިވުން
ޑުރަގް މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި މީހަކު ހިތް