ޖޫން 6, 2025

ސާޖިދާ ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމޭރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާ ކުރިއަށް ގެންދަން ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

އެމްޑީޕީން  ބޭއްވި މުޒާހަރާގެ ތެރެއިން އުމޭރުގެ ކަރާމާތަށް އަރައިގަނެއެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބޭރު (މާންދީ) ދެއްކި ވާހަކަތަކާއި ގުޅިގެން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ދެކޮޅަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ދައުވާކޮށްފަ އެވެ.

ނަމަވެސް އެ ދައުވާތައް ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެ ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީންން ވަނީ އިޖުރާއީ ނުކުތާއެއް ނަގައިފަ އެވެ.

ސިވިލް ކޯޓުން އެ އިޖުރާއީ ނުކުތާ ގުޅިގެން އިއްޔެ ނިންމި ނިންމުގައި ވަނީ އަނބުރުގެ ދައުވާތައް ސިވިލް ކޯޓަށް ބެލޭނެ ކަމަށާއި އެފަދަ މައްސަލަތައް މީގެ ކުރިން ވެސް އެ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 4

ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ ޝުކުރޫގެ ލޯ ފާމް ކަމަށްވާ ރެހެންދި ޗެމްބާސްއިން ނެރުނު ނޫސްބަޔާނެއްގައި މީގެކުރިން ބުނެފައިވަނީ މާންދީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ ކަމަށެވެ. މާންދީގެ މައްޗަށް ދައުވާކުރީ އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެފައިވާތީ ކަމަށެވެ. އަދި އުމޭރުގެ ކިޔެވުމަށާއި މުސްތުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިވެފައިވާތީ ކަމަށެވެ.

ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާންދީއާއި އެމްޑީޕީ އަދި ފައްޔާޒުއާ ދެކޮޅަށް ސިވިލް ކޯޓުގެ އިތުރުން ފެމިލީ ކޯޓުގައި ވެސް ދައުވާކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއް ކަމަށް ވެފައި، އެކަން ހުއްޓުވުމަށް އެ ޕާޓީން މަސައްކަތްކޮށްފައި ނުވާތީ ކަމަށް ލޯ ފާމުން ބުންޏެވެ. އަދި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެ ވާހަކަތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެފަދަ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް ފައްޔާޒު އެކްސްގައި ޕޯސްޓެއް ކުރެއްވުމުގެ ސަބަބުން ކަމަށް ލޯ ފާމުން ބުންޏެވެ.

7 Comments

  • Mary Mariyam ޖޫން 2, 2025

    ހައްޖަށް ވެސް އެ ދިޔައީ މީހުނަށް މާފު ނުދީ

    • Shakyla Mohamed ޖޫން 4, 2025

      Mary Mariyam ethaaga dhua kuree e massala balan

  • Zahira Hasan ޖޫން 2, 2025

    Eahushaelhima nubalaifinya emeehaku onaani gey hanjan ves edhiya meehunan maafukuran neygey dhenkuntherikan

  • Ahmed Midshan ޖޫން 2, 2025

    Saabahey saaji 👏👏

  • Raaidhu AR ޖޫން 3, 2025

    saajidhaa Maldives ge kazzaabu verikamuga saajidhaa jassaa massala nubalaa dhookohnulaane kan enmenah ves engeyne 🤣

  • Raaidhu AR ޖޫން 3, 2025

    foni ves ehcheh thiya

    • Shakyla Mohamed ޖޫން 4, 2025

      Raaidhu AR Gui nufenna kaalhah gui fenifa huri anheneh

Leave a Reply to Zahira Hasan Cancel reply