އޯގަސްޓް 15, 2025

ރާއްޖޭގައި ބާއްވާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު އެކްސްޕޯ ފަށައިފި

ރާއްޖޭގައި ބާއްވާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު އެކްސްޕޯ، މޯލްޑިވްސް ލިވިން އެކްސްޕޯ 2025 މިއަދު ފަށައިފި އެވެ.

މި އަހަރުގެ އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10:30 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އިވެންޓް ކުންފުނި، ހައިރައިސް އިން އިންތިޒާމު ކޮށްގެން ބާއްވާ މި އަހަރުގެ އެކްސްޕޯގައި 30 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވެފައިވެ އެވެ،

އޭގެ ތެރޭގައި ރިއަލް އެސްޓޭޓް ކުންފުނިތަކާއި ފައިނޭންސިން ދާއިރާގެ ކުންފުނިތަކާއި ގެދޮރާއި ބޯހިޔާވެހިކަމާބެހޭ ކުންފުނިތައް ހިމެނެ އެވެ. އޭގެ އިތުރުން އިންޓީރިއާ ޑިޒައިންގެ ކުންފުނިތަކާއި އާކިޓެކްޗާގެ އިތުރުން ބޭންކުތަކުން ވެސް ޢެކްސްޕޯގައި ބައިވެރިވެ އެވެ.

އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުގެ އެކްސްޕޯ ތެރޭގައިވެސް ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށްދާނެ އެވެ. އެ މަޝްވަރާތައް ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 ގައެވެ.