ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ”ކޮލަމާ“ ބޯޓުގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އެ ބޯޓުގެ ކެޕްޓަންގެ މައުލޫމާތު ފުލުހުން ހާމަކޮށްފި އެވެ.
”ކޮލަމާ“ ބޯޓު ގެއްލިގެން ހޯދަން ފެށީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރިފަހުން ހަބަރެއް ނުވެގެންނެވެ. އެ ބޯޓު ދަތުރު ކުރަމުންދިޔައީ ހުވަދު އަތޮޅަށެވެ. ބޯޓު ގެއްލުނުއިރު އޭގައި ތިބީ ކިތައް މީހުން ކަމެއް އެމްއެންޑީއެފް އަދި ފުލުހަކުން އަދިވެސް ނުބުނެ އެވެ.
އެ ބޯޓު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ގއ. ވިލިނގިލި ކައިރިން، އެކެފަރަ ސަރަހައްދުން ދަތުރުކުރި ގއ. ކޮލަމާފުށި ދޯންޏަކަށެވެ. ކެޕްޓަން އިންޖީނު ރޫމު ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އެ ދޯނީގައި ތިބި މީހުން ބޯޓަށް އަރައި ބެލުމުންނެވެ.
ފުލުހުން ބުނީ، މަރުވެފައި އޮއްވައި ފެނުނީ ކޮލަމާފުށި/ ދޮންވެލި، އާދަމް ސައީދު، 66އ. ކަމަށެވެ. ކޮލަމާފުށި މީހުން ސައީދުއަށް ކިޔަނީ ސައީދުބެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދުބެ މަރުވީ އިންޖީނު ދިޔަވާން ފެށުމުން, ދިޔަ ހިއްކަން އިންޖީން ރޫމަށް ފައިބައި އުޅެނިކޮށް ކަރަންޓު ސޯޓެއް ވެގެންނެވެ. އަދި އޭނާ ނަގައިގެން ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.




3 Comments
ގުޅުންހުރި
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި