ސިނަމާލެ ބްރިޖު މޮޅު ގޮތަކަށް ދިއްލާލުމަށް، ބްރިޖުގައި އާކިޓެކްޗުރަލް ލައިޓިން ސިސްޓަމެއް ހަރުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުންދިނުމާ ބެހޭ 11 އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
އެގޮތުން އާކިޓެކްޗުރަލް ލައިޓިން ސިސްޓަމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް، ސިނަމާލެ ބްރިޖުގައި އެ ސިސްޓަމް ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ އެވެ. ނަމަވެސް އެ އެއްބަސްވުމުގެ އެއްވެސް ތަފުސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އެ ކުންފުންޏަކީ ރާއްޖޭގައި މިހާރުވެސް އެތައް މަޝްރޫއެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެކި މަޝްރޫއުތަކާއި ކާބޯތަކެތީގެ ރައްކާތެރިކަން ނުވަތަ ފުޑް ސެކިޔުރިޓީ ޔަގީން ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު ކުރިއަށް ގެންދިއުމަށްވެސް ހަވާލުކޮށްފައި އޮތީ އެ ކުންފުންޏާ އެވެ.




8 Comments
ގުޅުންހުރި
ޕީސީއާރް ޓެސްޓިންގެ ހިދުމަތްދީ، ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރަކަށް
ޝެއިހް އަޒީޒަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު އިންޑިއާ ވެސް ބަލިކޮށް، ރާއްޖެއިން އެއްވަނައިގައި
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި