ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރަން މަސައްކަތް ކުރަމުންދާ, މީޑިއާ ބިލާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ
ނޫސްވެރިންނަށް އަދަބު ދިނުމާއި މީޑިއާތައް ބަންދު ކުރުމުގެ ބާރު ދީފައިވާ މީޑިއާ ބިލު ހުށަހެޅުއްވީ ސަރުކާރާ ގުޅުން ބޮޑު އަމިއްލަ މެންބަރެއް ކަމަށްވާ, އަބްދުލްހަންނާން އަބޫބަކުރެވެ. ސަރުކާރުން ބުނާ ގޮތުން އެ ބިލާ ސަރުކާރާ ގުޅުމެއް ނެތެވެ.
ނަމަވެސް ފަހުން ދައުލަތުގެ ބަންޑާރަ ނައިބާއި ޕީއެންސީން ވަނީ ބިލު ދިފާއު ވާހަކަދައްކައި، ފޯރަމެއްވެސް ބާއްވައިފަ އެވެ. އަދި މިއަދުގެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ބައެއް މެންބަރުން ވަނީ އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރުވެސް އަދާކުރައްވައިފަ އެވެ
މުއިއްޒު މިއަދު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، މި ބިލު ފާސްކުރަން މަޖިލީހުން މަސައްކަތްކުރަނީ އާދަޔާހިލާފަށް އަވަހަށް ކަމަށެވެ. އަދި ގާނޫނު ހަދާ މަޖިލީހުން ގާނޫނުތައް އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ. އަދި ކަމާ ބެހޭ ފަންނީ ބޭފުޅުންނާއި ޚަބީރުންގެ ލަފަޔާއި އެންމެހާ ސްޓޭކްހޯލްޑަރުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިހާރު އެ ބިލު އެ އޮތްގޮތަށް ފާސްކުރުމާމެދު ކަންބޮޑުވާ ކަމަށެވެ. އަދި، ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް, އަވަސްއަރުވާލައިގެން ބިލު ފާސްކުރުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ލަފާފުޅަކީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުޙައްމަދު ނަޝީދު ފަދަ ދާއިރާގެ އިލްމުހުރި ބޭފުޅުންގެ ޚިޔާލާއި ލަފާ ހޯދައިގެން ބިލު އަލުން އެކުލަވާލުމަށެވެ.




1 Comment
ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް