ރައީސް ޑރ. މުހައްމަދު މުއިއްޒު, އދ. މަންދޫ ޒުވާނުންގެ ދައުވަތަކަށް އެ ރަށަށް ވަޑައިގެން އެ ރަށުގެ ފުޓްސަލް ދަނޑު މިއަދު ހަވީރު ހުޅުވައިދެއްވައިފި އެވެ.
މިދިޔަ މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރި މަންދޫ ފުޓްސަލް ދަނޑަކީ ރައީސް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ މަހު މަންދޫއަށް ވަޑައިގަތުމުން, ރަށުގައި ފުޓްސަލް ދަނޑު މި މަހުގެ ނިޔަލަށް ނިންމަވައިދެއްވުމަށް ރަށުގެ ރައްޔިތުން އެދިވަޑައިގެންނެވި ދަނޑެކެވެ.
ރައީސް މިއަދު އެ ރަށަށް ވަޑައިގަތީ ފުޓްސަލް ދަނޑު ހުޅުވައިދެއްވުމަށް ވަޑައިގެންދެއްވުމަށް ރަށުގެ ޒުވާނުން ދެއްވި ދައުވަތަށް އިޖާބަދެއްވައި އެ ރަށަށް ކުރެއްވި ދަތުރުފުޅެކެވެ.
ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ފުޓްސަލް މެޗުގައި ރައީސްގެ ޓީމަކާއި މަންދޫ ޒުވާނުންގެ ޓީމާ ދެމެދު ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗެއް ކުޅުނެވެ. ރައީސްގެ ޓީމުގެ ކެޕްޓަނަކީ ރައީސް އެވެ. އެ މެޗު 2-6ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ރައީސްގެ ޓީމެވެ.
އެ މެޗުގައި ރައީސް ދެ ގޯލު ޖެއްސެވި އިރު, ދެން ގޯލުތައް ޖެއްސެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާއި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އަދި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަހުމަދު އަލީ ހަބީބު އަދި ޗީފް އޮފް ސްޓާފް އަބްދުالله ފަޔާޒެވެ.




4 Comments
ގުޅުންހުރި
ސޮޓޮކް މަދުވުމުން 20 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ނެރެފި
ގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 3600 އަށް ވުރެ ގިނަ ފަރާތްތަކާއި ފުލެޓް
އިންތިޚާބަކާ ނުލާ ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެ
ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި
ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ