އައްޑޫސިޓީ ހިތަދޫގައި ”ސްކޫޕު“ ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅައި ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.
މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދަށުން ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ”ސްކޫޕު“، ”ސްކޫޕު ކަންމަތި“ ނުވަތަ ”SKP“ ގެ ނަމުގައި ހަރަކާތްތެރިވާ މި ގްރޫޕަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަން ފުލުހުން ހުށަހެޅި ހެކިތަކުން އެނގޭ ކަމަށެވެ. މި ހުށަހެޅުމުގައި އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަވެފައިވާ ނުވަ މީހަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވެސް ވަނީ އެދިފަ އެވެ.
އެއީ ކޮން ބައެއް ކަމެއް ފުލުހުންވެސް ޕީޖީ އޮފީހަކުންވެސް ހާމައެއް ނުކުރެ އެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ވަނީ އިތުރު ދެ އަމުރަކަށްވެސް ކޯޓުގައި އެދިފަ އެވެ. އެއީ އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ”އެސްކޭޕީ ސްޕޯޓްސް ކްލަބް“ އުވާލުމަށް ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި އައްޑޫ ސިޓީގެ އެކި ތަންތަނުގައި އެ ގްރޫޕްގެ ނަން ލިޔެފައިވާ ފާރުތަކުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.
ފުލުހުން ވަނީ މީގެ ކުރިންވެސް މިފަދަ މައްސަލައެއް ޕީޖީ އޮފީހަށް ހުށަހަޅައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނީ، އެ ފަހަރު ތަހުގީގު ފުރިހަމަވެފައި ނުވާތީ އެ ހުށަހެޅުން އަނބުރާ ފޮނުވާލައިފައިވާ ކަމަށެވެ. އެހެންކަމުން، މިއީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލަ ކަމަށް އެ އޮފީހުން ބުންޏެވެ.




7 Comments
ގުޅުންހުރި
ގޯތި ހޯދުމަށް ސައްހަ ނޫން ލިޔުންތައް ހެދި މައްސަލައިގައި ފަޒީލްއާއެކު އިތުރު
މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި
ހާމަނައީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމަކީ އީރާނަށް އޮތް ވާޖިބެއް އަދި ހައްގެއް: މަސްއޫދު
ފެބުރުވަރީ މަހު ރާއްޖެއަށް 247،722 ޓޫރިސްޓުން އައި، 15 ޕަސެންޓުގެ އިތުރުވުމެއް!
ޚާމަނާއީ ހަވަހާރަވެފައިވާކަން އިރާނުން ކަށަވަރުކޮށްދީފި
ހަގުރާމައާ ގުޅިގެން އަތުވެދާނެ އިގުތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް އަޅާނެ: ޒަމީރު