ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް

އައްޑޫސިޓީ ހިތަދޫގައި ”ސްކޫޕު“ ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅައި ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދަށުން ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ”ސްކޫޕު“، ”ސްކޫޕު ކަންމަތި“ ނުވަތަ ”SKP“ ގެ ނަމުގައި ހަރަކާތްތެރިވާ މި ގްރޫޕަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަން ފުލުހުން ހުށަހެޅި ހެކިތަކުން އެނގޭ ކަމަށެވެ. މި ހުށަހެޅުމުގައި އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަވެފައިވާ ނުވަ މީހަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވެސް ވަނީ އެދިފަ އެވެ.

އެއީ ކޮން ބައެއް ކަމެއް ފުލުހުންވެސް ޕީޖީ އޮފީހަކުންވެސް ހާމައެއް ނުކުރެ އެވެ.

މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ވަނީ އިތުރު ދެ އަމުރަކަށްވެސް ކޯޓުގައި އެދިފަ އެވެ. އެއީ އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ”އެސްކޭޕީ ސްޕޯޓްސް ކްލަބް“ އުވާލުމަށް ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި އައްޑޫ ސިޓީގެ އެކި ތަންތަނުގައި އެ ގްރޫޕްގެ ނަން ލިޔެފައިވާ ފާރުތަކުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް މިފަދަ މައްސަލައެއް ޕީޖީ އޮފީހަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނީ، އެ ފަހަރު ތަހުގީގު ފުރިހަމަވެފައި ނުވާތީ އެ ހުށަހެޅުން އަނބުރާ ފޮނުވާލައިފައިވާ ކަމަށެވެ. އެހެންކަމުން، މިއީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލަ ކަމަށް އެ އޮފީހުން ބުންޏެވެ.

ގާނޫނުގައި ”އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް“ މާނަކޮށްފައިވަނީ ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން، ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން މާލީ ނުވަތަ މާއްދީ މަންފާ ހޯދުމަށް މަސައްކަތްކުރާ ގްރޫޕްތަކަށެވެ. މިކަމާ ގުޅިގެން ކޯޓުން ގޮތެއް ކަނޑައެޅުމުން، އެ ގްރޫޕާއި މެންބަރުންނާ މެދު އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ފުލުހުންނާ ގުޅިގެން އަޅަމުންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

7 Comments

  • Canadian Jud ޖެނުއަރީ 15, 2026

    KAZZAABU 😡 gaathu ahaabala SHARUTHU HAMAVAA baehtho ei

  • Aslam Nazim ޖެނުއަރީ 15, 2026

    Ey restaurant ehnu.. 🤣

  • إشهد إشهد ޖެނުއަރީ 15, 2026

    Beekaaru kameh..bodumoo huriy sarukaaruga

  • Raz Usman ޖެނުއަރީ 15, 2026

    Choh 😂

  • Hassan Adam ޖެނުއަރީ 16, 2026

    Raajjeyge raees akah huri meehaa buni mihaaru gang thakeh noolheyney, ekudhin islaahuve geah van’dhejjey. Gang thah neiy thanegga konme courtakah dhiyas kan’da neylheyne

  • ހަމާސް ޝަރީފު ޖެނުއަރީ 16, 2026

    Muizzoooo explain us koba thw hama vaan jehey saruthakee.. thiya bunaa saruthu hama vanee million million kalhu faishaa roll kuryma thw accountun.. 🙏

  • Ahmed Mahz ޖެނުއަރީ 16, 2026

    Gang eh ??do they have any weapon??pistol ?live bullets??? Are they killing peoples for money??

Leave a Reply to Canadian Jud Cancel reply