އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާތަކެއްގައި ޝަހީދު ކޮށްލި އީރާނުގެ އެންމެމަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ބަދަލުގައި އެގައުމުގެ އެންމެ މަތީ ވެރިޔަކަށް އެމަނިކުފާނުގެ ދަރިކަލުން މުޖުތަބާ ހުސައިނީ ޚާމަނާއީ އައްޔަންކޮށްފިއެވެ.
އުމުރުން 56 އަހަރުގެ މުޖުތަބާ ޚާމަނޭއީއަކީ އޭނާގެ ބައްޕަގެ ބަދަލުގައި އެ މަގާމަށް ދީނީ އިލްމުވެރިންގެ މަޖިލީހުން ކަނޑައެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އީރާނުގެ ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން އެ ޤައުމުގެ ރޫޙީ ވެރިޔާ ނުވަތަ އެގައުމުގެ އެންމެމަތީ ވެރިޔާ ޢައްޔަނުކުރުމުގެ ބާރު ލިބިގެން ވަނީ 88 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ޤައުމުގެ ތަޖުރިބާކާރުންގެ މަޖިލީހަށެވެ.
މުޖުތަބާގެ މައްޗަށް މިހާރު މަތިވެފައިވަނީ، އިރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ 47 އަހަރުވީ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންތަކާއި ނުރައްކާތެރި ދަނޑިވަޅުގައި ގައުމުގެ ޒިންމާ އުފުއްލަވައި، ގައުމު ކުރިއަށް ގެންދެވުމުގެ ބުރަ މަސްއޫލިއްޔަތެވެ.
އީރާނުގެ އިސް ލީޑަރުންނާއި، ބާރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އަދި ސިފައިން ވަނީ އާ ލީޑަރަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
އެމެރިކާއާއި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށި ފަހުން، އީރާނުގެ ސަލާމަތީ އިސްތިރާތީޖީ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރީޖާނީ ވަނީ، އާ ސުޕްރީމް ލީޑަރުގެ ވަށައިގެން އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާފައެވެ.
މުޖްތަބާ ޚާމަނާއީއަކީ މީގެ ކުރިން ދުވަހަކުވެސް ސިޔާސީ މަގާމަކަށް ކުރިމަތިލައްވައި، އާންމު ރައްޔިތުންގެ ވޯޓަކާ ކުރިމަތިލެއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް، އޭނާއަކީ އެތައް އަހަރެއް ވަންދެން ސުޕްރީމް ލީޑަރުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އަދި އައި.އާރު.ޖީ.ސީއާ ވަރަށް ބަދަހި ގުޅުމެއް އުފައްދަވާފައިވާ ނުފޫޒުގަދަ ބޭފުޅެކެވެ.




ގުޅުންހުރި
ރަޝިޔާއިން އީރާނަށް ޖާސޫސީ މައުލޫމާތު ޙިއްޞާކުރުމަކުން ކަންބޮޑެއް ނުވޭ: އެމެރިކާ
އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް: މަނަވަރު ފައްތާލިކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެ!
އީރާނުގެ ސުޕްރީމް ލީޑަރަށް ކޮންމެ މީހަކު އައްޔަންކުރިޔަސް އެއީ ނައްތާލަންޖެހޭ މީހެއް:
ބަހްރެއިންގައި ހުންނަ އެމެރިކާ ވައިގެ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި
ހާމަނައީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމަކީ އީރާނަށް އޮތް ވާޖިބެއް އަދި ހައްގެއް: މަސްއޫދު
ޚާމަނާއީ ހަވަހާރަވެފައިވާކަން އިރާނުން ކަށަވަރުކޮށްދީފި