ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި އޮތުމަށްފަހު އެ ގުޅުން އަލުން ރަނގަޅުވަމުންދާތަން ފެނުމަކީ އުފާކުރައްވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަބަދުވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއަކީ އެއްގޮތް ގިނަ ކަންކަން ހުރި، ގުދުރަތުން ގުޅިފައިވާ ދެ ބައިވެރިން ކަމަށެވެ. މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ދެއްކެވީ ދެ ގައުމުގެ ސަގާފަތާއި މިއުޒިކާއި ފިލްމުތަކާއި ތާރީހު އަދި ޖިއޮގުރަފީ އެވެ.
”އަހަރެމެން އަބަދުވެސް ތިބެންވާނީ އެކުވެރިންގެ ގޮތުގައި. ގުޅުން ރަނގަޅުވަމުން އަންނާތީ ވަރަށް އުފާކުރަން. ބޮޑުވަޒީރު މޯދީ އާއި ރައީސް މުއިއްޒުއަށް މަރުހަބާ،“ ނަޝީދު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށް ވައުދުވެ، ’އިންޑިއާ އައުޓް’ގެ ނަމުގައި ކެމްޕެއިނެއް ކޮށްގެން ވެރިކަމަށް އައި މި ސަރުކާރުގެ ކުރީ ކޮޅުގައި ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ގޯސްކޮށެވެ.
އެ ގުޅުން އިތުރަށް ގޯސްވީ ރާއްޖޭގެ ކޮންމެ ރައީސަކު ވެރިކަމަށް ވަޑައިގެން ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމުގެ ސަގާފަތް ނިމުމަކަށް ގެންނަވައި ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު އިންޑިއާއާ ވާދަވެރި ޗައިނާއަށް ކުރެއްވުމުންނެވެ. އަދި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާ އާއި މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދުކުރެއްވި މައްސަލައިގައި އެ ގުޅުން އިތުރަށް ގޯސްވި އެވެ.
އެ ފަހަރު ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އިންޑިއާގެ ބައެއް އާންމުން ސޯޝަލް މީޑިއާގައި ފެށި ކެމްޕެއިންގެ ސަބަބުން އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށަށްގޮސް، އިންޑިއާ މާކެޓަށް ހާއްސަކޮށްގެން ބޮޑެތި ޕްރޮމޯޝަންތަކެއް ހިންގަން ޖެހުނެވެ.
ނަމަވެސް ސަރުކާރުން މިހާރު ގެންދަނީ އިންޑިއާ އާއެކު އޮތް ގުޅުން އަލުން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ.
މިއީ ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.




ގުޅުންހުރި
ދިވެހީންގެ ގައުމީ ހަޔާތުން ފެންނަ އެންމެ ރީތި އެއް ސިފައަކީ ދިވެހީންގެ
އެކަނިވެރި މައިންގެ އެލަވަންސް 3000 ރުފިޔާއަށް، އެންމެ ގިނަވެގެން ލިބޭނީ 15،000
ރިސޯޓު މުވައްޒަފުންނަށް ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސާނަން: ރައީސް
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ
މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް