ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި އެވެ.
އެ އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު މެންދުރު 1:00 އާ ހަމައަށެވެ.
މެޓް އޮފީހުން އެލާޓް ނެރެފައިވާ ހިސާބަށް ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވާރޭ ވެހޭ ވަގުތުތަކުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.
މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ، ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާ މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވިދާ ގުގުރައި، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ހޮނުވެސް އަޅައިފަ އެވެ.








