އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް 

އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގަނީ --

އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަގޮތުގައި ދިހަ ވަރަކަށް ބިދޭސީން ވަނީ މާރާމާރީ ހިންގައިފައެވެ. އެ ވަގުތު އާޓިފިޝަލް ބީޗުގައި ގިނަ އަދަދެއްގެ ދިވެހި އާއިލާތަކެއް ވެސް ތިއްބެވެ.

ފުލުހުން މިރޭ ބުނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށްވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން އެ މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.