އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާންމުކުރި އިމާމުގެ މައްސަލަ ބަލަނީ 

ށ. ގޮއިދޫ -- ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރި އިމާމުގެ މައްސަލަ ބަލަން ފަށައިފިއެވެ.

ށ. ގޮއިދޫން މައުލޫމާތުދިން ގޮތުގައި އެ ރަށު މިސްކިތުގެ އިމާމު ވަނީ އަމިއްލައަށް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކޮށްފައެވެ. އެ އިމާމަކީ މީގެ ކުރިން ވެސް އެފަދަ ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މިރޭ ބުނީ ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، މިދިޔަ ބުދަ ދުވަހު ގޮއިދޫން ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލައާއި އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.