މި އަހަރުގެ ފީފާ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރަން އެދޭ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
އިޒްރޭލުގެ ކޮމީޑިއަން ބެން ބެން ބަރޫކް ހުށަހަޅައިދޭ ”ދަ މޯޖޯ ޕޮޑްކާސްޓް“ ގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ, އޭނާ އާޖެންޓީނާއަށް ސަޕޯޓްކުރާ މައިގަނޑު ސަބަބަކީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ނޫން ކަމަށާއި ނަމަވެސް އެ ގައުމުގެ ރައީސް ހާވިއޭ މިލެއި ކަމަށެވެ.
މިލެއިއަށް ތައުރީފުކޮށް ނަތަންޔާހޫ ބުނީ، އެއީ ’ސުޕަސްޓާރެއް‘ ކަމަށާއި އިޒްރޭލުގެ ގާތް އެކުވެރިއެއް ކަމަށެވެ.
ނަމަވެސް ނަތަންޔާހޫ ފަހުން ވަނީ އާޖެންޓީނާގައި ވަރަށް ރަނގަޅު ޓީމެއް އެބަ އޮތް ކަމަށާއި ތަޖުރިބާ ހުރި ކުޅުންތެރިންވެސް އެބަ ތިބި ކަމަށް ބުނެފަ އެވެ.
ކުޅިވަރުގެ ބޮޑު ހަރަކާތަކާއި ދުނިޔޭގެ ދެ ލީޑަރެއްގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން މިކަމާ ގުޅުވާލުމުން ނަތަންޔާހޫގެ މި ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.


