ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ތުރުކީއަށް

މ
10 ނޮވެމްބަރު 2026 10:261 މިނިޓުގެ ކިޔުން
Aa

ރައީސް މުއިއްޒު މީގެ ކުރީން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން

ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮފް ކްލައިމެޓް ޗޭންޖުގެ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް)ގެ 31 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތުރުކީއަށް ފުރާވަޑައިގެންފި އެވެ.

ކޮޕްގެ 31 ވަނަ ސެޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ތުރުކީގެ އަންތާލިޔާގައެވެ.

ރައީސް އޮފީހުން ބުނީ, މި ދަތުރުފުޅުގައި ރައީސް ރާއްޖޭގެ ފަރާތުން, ގައުމީ ބަޔާން އިއްވަވާނެ ކަމަށެވެ. އަދި މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން, އެހެން ގައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

ރައީސް މުއިއްޒު ވަނީ 2023 ވަނަ އަހަރު ޔޫއޭއީގެ ދުބާއީގައި ބޭއްވި ކޮޕް ސަމިޓުގައާއި 2024 ވަނަ އަހަރު އަޒަރުބައިޖާންގެ ބަކޫގައި ބޭއްވި ކޮޕް ސަމިޓުގައިވެސް ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

1992 ވަނަ އަހަރު ވުޖޫދަށް އައި ޔޫއެންއެފްސީސީސީ މުއާހަދާގެ ދަށުން ބާއްވާ ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި, ދުނިޔޭގެ ލީޑަރުންނާއި ޔޫއެންއެފްސީސީސީގެ މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ.

Read in English
President departs for Turkey to attend COP summit
މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.