Ushaam

މިނިވަންކަމުގެ ނަމުގައި އެހެން ފަރާތްތަކުގެ އަބުރު ނަގައިލުމަކީ ޤާނޫނުއަސާސީ ޖާގަ ދޭ ކަމެއް ނޫން :އުޝާމް

ގ
11 ނޮވެމްބަރު 2026 13:271 މިނިޓުގެ ކިޔުން
Aa

މިނިވަންކަމުގެ ނަމުގައި އެހެން ފަރާތްތަކުގެ އަބުރު ނަގައިލުމަކީ ޤާނޫނުއަސާސީ ޖާގަ ދޭ ކަމެއް ނޫން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހާއި ޔޫއެންޑީޕީގެ ރާއްޖޭގެ އޮފީހާއި ގުޅިގެން ކުރިޔަށް ގެންދާ "އެނގުމަކީ ބާރެއް" މިޕްރޮޖެކްޓްގެ ދަށުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މެސެޖެއްގައެވެ.

ބަންޑާރަނައިބު ވިދާޅުވީ ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއް ބިނާވަނީ ހަމައެކަނި ޙައްޤުތަކުގެ މައްޗަކަށް ނޫން ކަމަށާއި، ކޮންމެ މީހަކުވެސް ޒިންމާދާރުކަމާއެކު ޙައްޤުތައް ބޭނުންކޮށް، އެކަކު އަނެކެއްގެ ވާޖިބުތައް ފުރިހަމަކުރުމަކީ އެ ނިޒާމުގެ ބައެއް ކަމަށެވެ.

އަދި މިނިވަންކަމުގެ ނަމުގައި އެހެން ފަރާތްތަކުގެ އަބުރު ނަގައިލުމަކީ ޤާނޫނުއަސާސީ ޖާގަ ދޭ ކަމެއް ނޫން ކަމަށްވެސް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވިއެވެ.

އަދި ދަތުރުފަތުރުކުރުމުގެ ހައްގަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ އެ މިނިވަންކަން ލިބިގަތުމުގައި އަނެކުންގެ ހައްގުތަކަށް ވެސް އިހްތިރާމްކޮށް ސަމާލުވާން ޖެހޭނެކަމަށެވެ. އަދި މުޒާހަރާކުރުމަކީ ވެސް ގާނޫނުއަސާސީން ލިބިދޭ ހައްގަކަށް ވާއިރު އެ ހައްގު ބޭނުން ކުރަން ޖެހޭނީ ސުލްހަވެރިކަމާ އެކު ގާނޫނުތަކަށް އިހްތިރާމްކޮށްގެންކަމަށްވެސް ދައުލަތުގެ ބަންޑާރަނައިބު ވިދާޅުވިއެވެ.





Read in English
Constitution does not allow defaming others in the name of freedom: Usham
މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.