އާންމު ދާއިރާގެ ޖީއެސްޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުދައްކާ އޮތް 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.
މީރާ އިން މިއަދު ބުނީ, އެ ފަރާތްތަކަކީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއި ޑިސެމްބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް އާންމުދާއިރާގެ ޖީއެސްޓީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ފައިސާ ނުދައްކާ ފަރާތްތައް ކަމަށެވެ.
އަދި މި ނަންތައް ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި, ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތަކާއި އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދީ, އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެކަން އަންގައިފައިވާނެ ކަމަށް މީރާ އިން ބުންޏެވެ.
މީރާ އިން ބުނީ, ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސް ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައްވެސް ތަފާތުކުރުމެއްނެތި އަޅަމުން ގެންދާނެ ކަމަށެވެ. އެހެންކަމުން ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސް ނުކޮށް ޓެކްސް ދެއްކުމަށް މީރާއިން އިލްތިމާސް ކުރެ އެވެ.
ޓެކްސްގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ފައިސާ ނުދައްކާ ފަރާތްތައް:
ވަގުތު މީޑިއާ ޕވޓ ލޓޑ
އަހުމަދު މުޖުތަބާ
އައިމާ + އެލްއެޗްއެލް ޕވޓ ލޓޑ
އާކްސް ހޯލްޑިންގްސް ޕވޓ ލޓޑ
އެޓޯލޯ ކޮންސްޓްރަކްޝަން ޕވޓ ލޓޑ
އަޒްރޯވޯ މޯލްޑިވްސް ޕވޓ ލޓޑ
ބްލޫ ޒިންގް ޕވޓ ލޓޑ
އެޕިކް ކޮމްޕެނީ ޕވޓ ލޓޑ
ހަސަން ނިހާދު
ހައި-ޓެކް އެލުމިނިއަމް ޕވޓ ލޓޑ
އައި އެންޑް ސީ ޓްރޭޑިން ޕވޓ ލޓޑ
އިބްރާހިމް މާޖިދު
އިބްރާހިމް ރިސްފާން
ޖާހު ޕވޓ ލޓޑ
ކްރެޑެކޯ ޕވޓ ލޓޑ
އެމް-ގްލާސް އެންޑް އެލުމިނިއަމް ޕވޓ ލޓޑ
މިތުރު ގްރޫޕް ޕވޓ ލޓޑ
އެންޕީއެޗް ޑިވެލޮޕްމަންޓްސް ޕވޓ ލޓޑ
އޮނިކްސް ޕވޓ ލޓޑ
ރެއިންބޯ އެންޓަޕްރައިސެސް ޕވޓ ލޓޑ
ރުގިއްޔާ އަލީ
ސެވެން ވީކްސް ޕވޓ ލޓޑ
ސިލިކާ ކުޅުދުއްފުށި ޕވޓ ލޓޑ
ސިލްވާ ކުއެސްޓް ޕވޓ ލޓޑ











ކޮމެންޓް