MNDF

ރަސްމާލޭ ފަރަށް އެރި 'ކީސާ' ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފި

ގ
11 ނޮވެމްބަރު 2026 14:411 މިނިޓުގެ ކިޔުން
Aa

ވ.އަތޮޅު ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި 'ކީސާ' ދޯނީގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު ނޮވެންބަރު 10ވަނަ ދުވަހުގެ ރޭ 23:51 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދަތުރުކުރިކަމަށެވެ.

އެގޮތުން، ރޭގެ 02:37 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް، މި ދޯނިން ދަތުރުކުރަމުންދިޔަ ދިވެއްސަކާއި، ތިން ބިދޭސީން ސަލާމަތްތެރިކަމާ އެކު ހާބަރކްރާފްޓަށް ނަގާފައެވެ. އަދި، އެ ދޯނީގެ ވެރިިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، މި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.

މި ހާދިސާގައި އެ ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާ ވެފައިވާތީ އެ މިހާ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ވެސް އެންޑީއެފް އިންވަނީ މައުލޫމާތު ދީފައެވެ.

Read in English
Crew assisted after 'Keesa' dhoni runs aground on Ras Malé reef
މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.