ކުރިން ކުރެވިފައިވާ ހެޔޮއަމަލުތަކަކީ، ގިނަގުނަ އަމަލުތަކެއް ކަމުގައި ދެކިގެންނުވާނެ ކަމަށާއި އެހެނީ ކުރެވުނު ހެޔޮ އަމަލުތަކަށްޓަކާ ބޮޑާވެ، އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ އަމަލުތައް ބާތިލުވެދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ރަމަޟާން މަހަށްފަހު ހެޔޮއަމަލު ކުރުންމަތީ ދެމިތިބޭށެވެ!“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ރަމަޟާން މަސް އަލްވަދާއު ކިޔާއިރު ފުރިހަމަ މުއުމިނަކު ދުވަހަކުވެސް ހެޔޮއަމަލު ކުރުމަކަށް އަލްވަދާއުއެއް ނުކިޔާނެ ކަމަށެވެ.
އަހަރެމެންނަށް އޮތީ ރަމަޟާން މަސް ނިމުމަށް ފަހުގައި ވިޔަސް ހެޔޮ އަމަލު ކުރުންމަތީ ދެމިތިބުން ކަމަށާއި އަޅުކަން ކުރުމަކީ އަހަރެމެން ހަލްގުކުރެއްވުމުގެ މަގުސަދު ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, މުސްލިމަކު ހެޔޮ އަމަލެއް ކުރުމަށްފަހު އެންމެ މުހިންމު ކަމަކީ އެ އަމަލު ގަބޫލުކުރައްވާތޯ ދެންނެވުމާއި އެ އަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީގަށް އެދި ދުއާ ދެންނެވުން ކަމަށެވެ. އަދި ގިނަގިނައިން ތައުބާވެ, މާތް الله ގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދެންވުމަށް ހުތުބާގައި ގޮވާލި އެވެ.
ހުތުބާގައި ބުނީ, އެކަލާނގެއީ ތައުބާ ގަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެ ކަމަށާއި އެކަލާނގެއީ އެކަލާނގެ ކޯފާއަށްވުރެ ރަހުމަތް ތަނަވަސް ރަސްކަލާނގެ ކަމަށެވެ. އަދި އެކަލާނގެ ޒާތުފުޅަށް ރަހުމަތް ލާޒިމް ކުރައްވާފައިވާ ރަސްކަލާނގެ ކަމަށްވެސް ބުންޏެވެ.
ނަބަވީ މަންހަޖަކީ ހެޔޮއަމަލުކުރުމުގައި ހީވާގިވުމާއި ކިތަންމެ މަދުން ކުރެވުނަސް ހުއްޓާނުލުންކަން ފާހަގަކޮށް ހުތުބާގައި ބުނީ, އަހަރެމެންނަށް ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެންޖެހޭ ކަމަށާއި ކުރެވުނު އަމަލުގެ ގިނަކަމުން، ސުވަރުގެ ޔަގީންވީ ކަމަށް އަހަރެމެން ދެކިގެން ނުވާނެ ކަމަށެވެ.




ގުޅުންހުރި
މީހުން ދިރިއުޅޭ ޓައުންޝިޕްތައް އެސްއީޒެޑްގައި ހިމެނޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އާޒިމް ކެމްޕެއިން ފައްޓަވައިފި
2026ގެ ބަޖެޓު: މިނިސްޓަރުންގެ ހެލްތް އިންޝުއަރެންސަށް ޖެހި އަދަދު ދެގުނަ ބޮޑުކޮށް,
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ