ރާއްޖޭން ފަލަސްތީން ރައްޔިތުންނަށް އެހީވުމަށްޓަކައި ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ހާއްސަ ޓެލެތޯން, ”ފަލަސްތީނާއެކު ދިވެހީން“ މިއަދު ފަށައިފި އެވެ.
މި ޓެލެތޯނަކީ މީޑިއާތަކާ ގުޅިގެން ދައުލަތުގެ މީޑިއާ, ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ ޓެލެތޯނެކެވެ.
އެ ޓެލެތޯން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދައުލަތުގެ މިނިސްޓަރުން ބައިވެރިވެވަޑައިގެން ފަންޑަށް ފައިސާ ހަދިޔާ ކުރައްވައިފަ އެވެ.
މިރޭ 12:00 ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮއްޓެއް ވަނީ ބަހައްޓައިފަ އެވެ. ފޮށިތައް ބަހައްޓާފައި ހުންނަ ސަރަހައްދުތަކަކީ:
- ޕީއެސްއެމްގެ ލޮޖިސްޓިކްސް އޮފީސް ކައިރި
- ޕީއެސްއެމް ސްޓޫޑިއޯ 3
- ވިލިމާލެ ފެރީ ޓާމިނަލްގެ ޓިކެޓް ކައުންޓަރު
- ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް
- ހުޅުމާލެ ހޮސްޕިޓަލް ވަންނަ ދޮރު ކައިރި
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް
- އެމްޕީއެލް އަށް ވަންނަ ދޮރު ކައިރި
- އެމްޑަބްލިޔުއެސްސީއަށް ވަންނަ ދޮރު ކައިރި
- ދަރުމަވަންތަ ހޮސްޕިޓަލުގައި
- ވެލާނާގެއަށް ވަންނަ ދޮރު ކައިރި
- އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ވަންނަ ދޮރު ކައިރި
- އެސްޓީއޯ ހެޑް އޮފީހަށް ވަންނަ ދޮރު ކައިރި
- ސްޓެލްކޯއަށް ވަންނަ ދޮރު ކައިރި
އެ ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތި ތެރޭގައި ހުރި ފަންޑު ފޮށި ފިޔަވައި އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެ އެވެ. ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި މިރޭ 10:00 އާ ހަމައަށް ހުޅުވާފައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.
ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ޓެލެތޯނުން ލިބޭ ފައިސާ ފަލަސްތީނަށް ފޯރުކޮށް ދިނުމަށްޓަކައި، އެންމެ ފުރަތަމަ ހަވާލު ކުރާނީ ފޮރިން މިނިސްޓްރީއާ ކަމަށެވެ. އެއަށްފަހު ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް، އަންރުއާ މެދުވެރިކޮށް މި ފައިސާ ފަލަސްތީނަށް ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މިޓެލެތޯންގައި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ، 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.
ގުޅުންހުރި
މެނިފެސްޓޯގައި ހުރި ކަންކަން ކުރުމުން މަސްވެރިކަމުގެ ސިނާއަތް ކުރިއަށްދާނެ: ބީކޭއެމްޔޫ
އައި.އޭ.އީ.އޭ ގައި ރާއްޖެއިން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ރަސްމާލެ މަޝްރޫއު އަންނަ މަހު އަލުން ފަށައި، ޕްލޭނާ އެއްގޮތަށް ކުރިއަށްދާނެ:
ފަލަސްތީނަށް މިއަދު އެހީތެރި ނުވެއްޖެ ނަމަ ދެން ދައްކާނެ ވާހަކައެއް ނޯންނާނެ:
ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކަކީ ނިމިދިޔަ ސަރުކާރުގެ ދަރަނިތަށް – ރައީސް
ރަސްމާލެއަކީ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢުއެއް- ރައީސް