ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) އަތުލައިގެންފި އެވެ.
އޭވިއޭޝަން ސެކިއުރިޓީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ބޭރު ކުރަން އުޅުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.
އޭނާ ދަތުރު ކުރަން މަސައްކަތް ކޮށްފައި ވަނީ މާލެ އިން ޑާކާ އަށެވެ. އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ ޔޫއެސް ބަންގްލާ އެއާލައިންސް އިންނެވެ.
ޑޮލަރު ބޮނޑިތައް ފޮރުވާފައި ހުރީ ކޯންފްލެސް ޕެކެޓެއްގެ ތެރޭގައެވެ. އެ ޕެކެޓު ތެރެއިން ނަގުދު ފައިސާގެ ހަ ބޮނޑި ނެގި އިރު، ކޮންމެ ބޮނޑިއެއްގައި މީހެއްގެ ނަން ލިޔެފައިވެ އެވެ.
އޭވިއޭޝަން ސެކިއުރިޓީން އާންމު ކޮށްފައިވާ ވީޑިއޯއިން ބަންގްލަދޭޝް މީހާ ވާހަކަދައްކަމުން އެއީ ”ޗަމްޕާ ގެސްޓް ހައުސް މީހާ މަގޭ ކާރީގަ ގެންދަން ބުނި“ އެެއްޗެއް ކަމަށް ބުނެ އެވެ.




1 Comment
ގުޅުންހުރި
ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން