އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން އުޅުނު ށ. މިލަންދޫ/ ހެޕީލޭންޑް، އާދަމް އަތުހަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
އަތުހަރުގެ އާއިލާ އިން ބުނީ، އޭނާ މަރުވީ މިއަދު ހަވީރު 4:08 ހާއިރު ކަމަށެވެ. ފުލުހުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. އަތުހަރު މަރުވި އިރު، އޭނާއަށް ފަރުވާދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓައި އަތުހަރު ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅުނުކަން ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގަ އެވެ. އަދި ރޭ 9:57 ގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވަނީ އަތުހަރަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް ވިދާޅުވެފަ އެވެ.
އަތުހަރުގެ މަރާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭނާގެ މަރު އެ އިދާރާ އިން ތަހުގީގު ކުރަމުން އަންނަ ކަމަށާއި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ ޕޯސްޓް-މޯޓަމްއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

19 Comments
ގުޅުންހުރި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން