ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ނައިބު މުގައްރިރު، މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ އެ ކޮމިޓީއާ ފިނޭންސް މިނިސްޓްރީން ހިއްސާކުރި ސިޓީގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
ސަލީމް ވިދާޅުވި ގޮތުގައި އެސްޓީއޯ އިން އެ ލޯނު ނަގާފައިވަނީ ކާޑާ ބޭހުގެ އިތުރުން ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. ނަމަވެސް އެ ހިސާބުން މެންބަރަކު ވިދާޅުވި އެއްޗަކާ ގުޅިގެން މައިކުގެ އަޑު ކަނޑާލި އެވެ. އޭގެ ފަހުން ލޯނުގެ އިތުރު ތަފުސީލެއް ކޮމިޓީއަށް ހިއްސާކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ތިން އަހަރު ތެރޭގައި ދައްކާ ގޮތަށް ނެގި އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 13.13 ޕަސެންޓެވެ. ނަމަވެސް މި ލޯނު ނަގަނީ ކޮން ތަނަކުން ކަމެއް ނޭނގެއެވެ.




24 Comments
ގުޅުންހުރި
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 12 ގައި ރޯދަ އިނާޔަތް ދެނީ
2.4 ބިލިއަން ރުފިޔާގެ ބޮންޑުން ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ: ޕެންޝަން
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި