ކުރިއަށް އޮތް ރޯދަމަހު ސަރުކާރުން ރައްޔިތުންނަށް ދޭ މަސްދަޅު ކޭސްތަކަށް ދިޔަ ހަރަދު ކަރަންޓާއި ފެން ބިލުން ހޯދާނެ ކަމަށް ބުނެ ދައްކާ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.
ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކަންކަން އޮޅުވާލުމުން އޮތީ ހިތާމަވެރި ހާލަތެއްގައި ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުގައި ރައީސް ދެއްކެވީ މި އަހަރުގެ ރޯދަމަހަށް ސަރުކާރުން ކޮންމެ ގެއަކަށް ބަހަން ނިންމި މަސްދަޅު ކޭސްތަކާ ގުޅިގެން ދައްކާ ވާހަކަތަކަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބަހާ މަސްދަޅުތަކުން ބައެއް މަސް މަދުކުރާ ކަމަށާއި މަސްދަޅުތަކުގައި ޕުލް ޓެބެއް ނެތް ކަމަށް ބުނެ ވާހަކަ ދައްކަމުންދިޔަ ކަމަށާއި ނަމަވެސް އެއީ ދޮގެއްކަން މިހާރު ރައްޔިތުންނަށް ސާފުވެއްޖެ ކަމަށެވެ.
”މިހާރު ދައްކާ ވާހަކައަކީ ރައްޔިތުންނަށް، ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ދީގެން ސަރުކާރުން މި ކުރި ހަރަދު ފޫބައްދަން ވެގެން މިފަހަރުގެ ރަމަޟާން މަހު ފެން ބިލާއި ކަރަންޓު ބިލުންނޭ އެ ބައި އަތުލާނީ. މި ބިރު އުފައްދަނީ މިހާރު މި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މި ވާހަކަ ކުރިންވެސް ވާނީ ދަންނަވާފައި، މިދިޔަ އަހަރުގެ 8 ޑިސެމްބަރުގައި އއ. މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން އެ ޖަލްސާގައި އަޅުގަނޑު ދެންނެވިން ކުރިން ރަމަޟާންގައި ދިން ގޮތަށް މިފަހަރުގެ ރަމަޟާން މަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދޭނަމޭ. ހަމަ އެކަން އެގޮތަށް ކުރިއަށް ގެންދާނަމޭ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ދޮގެއް ހެދީމަ އެއީ ދޮގެއްކަން ދެނެގަތުމަކީ އެ ދޮގު އަޑުއަހާ މީހާގެ ޒިންމާއެއް ކަމަށާއި މީހަކު ހަމަ ދައްކާ ވާހަކައެއް ބަލާލުމެއް ނެތި ގަބޫލުކުރުމަކީ ދީނީ ގޮތުންވެސް ހުއްދަ ކަމަކަށް ނުވާ ކަމަށެވެ.




8 Comments
ގުޅުންހުރި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ގިނަ ތުހުމަތުތަކަކާއެކު ޝަހީދު ލެގަސީ، ”ޓޫއޮފްއަސް“ އިން ވަކިވެއްޖެ
ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް