މާލެ ހުޅުމާލެ ހައިވޭ ދިމާލުގެ މޫދު ބައެއް ހިއްކައިގެން ރޭސިން ޓްރެކެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭ ސަރަޙައްދުގައި ރޭސިންގ ޓްރެކު ހެދުމަށް ބްރިޖު ހައިވޭ ބޭރުން ބިމެއް ހިއްކުމަށް ހަމަޖެހިފައިވާކަމަށާއި، ޓްރެކް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރޭސިން ޓްރެކް އަޅާނީ އެމްއޭސީއެލުން އިންވެސްޓުކޮށްގެން ކަމަށެވެ.
”މި ޓްރެކް ހަދަނީ، ބްރިޖުން ފެށިގެން ހުޅުމާލެއަށްދާން މިއޮންނަ ހައިވޭގައި ހުންނާނެ ސޯލަރ ޕެނަލްތަކެއް. އެ ޕެނަލްތަކުގެ ބޭރުން ބައެއް ހިއްކައިގެން،،،،،“ ރައީސް ވިދާޅުވި އެވެ.
އެ ތަނުގައި ރޭސިން ޓްރެކެއް އަޅަނީ މީހުން އުޅޭ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ނުވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި ރޭސިން ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައިކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދެއްކަމަށް ރައީސް ވިދާޅުވި އެވެ.

16 Comments
ގުޅުންހުރި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް