ވިޔަފާރީގެ ދާއިރާއިން ރާއްޖޭގެ އެންމެ މަޝްހޫރު އެއް އާއިލާ ކަމަށްވާ ޗަމްޕާ އާއިލާ އިން ހިންގާ އަލިފުޅު ތުއްތު ފައުންޑޭޝަނާއި އެ އާއިލާ އިން ހިންގާ މީރު މޯލްޑިވްސް ރިސޯޓް އައިލެންޑްގެ ފަރާތުން ކ. ދިއްފުއްޓަށް ކުނި މެނޭޖުކުރާ ޒަމާނީ މެޝިނަރީސް ހަދިޔާކޮށްފި އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ދިއްފުށި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އެ ތަކެއްޗާ ހަވާލުވީ ދިއްފުށި ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް އެވެ.
ދިއްފުއްޓަށް ހަދިޔާކުރި ކުނި މެނޭޖުކުރާ ތަކެތީގެ ތެރޭގައި ހިމެނެނީ ގްލާސް ކްރަޝާ، ކޮމްޕެކްޓާ، އިންސިނަރޭޓާ އަދި ފުޑް ވޭސްޓް ޑިސްޕޯސާ އެވެ.
ދިއްފުށި ކައުންސިލްގެ ރައީސް ސުނިލް ވިދާޅުވީ އެ ތަކެތީގެ ސަބަބުން އެ ރަށުގެ ކުނި މެނޭޖުކުރުމަށް ކުރިއަށް ވުރެ ފަސޭހަވާނެ ކަމަށާއި ޒަމާނުންސުރެ އެ ރަށުގައި އޮތް ކުނި އެންދުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނަކީ ޗަމްޕާ ބްރަދާސްގެ ފަސް ބެން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި އަބްދުއްސައްތާރު މޫސާ އާއި އަހުމަދު މޫސާ އަދި ހަދީޖާ މޫސާގެ ބައްޕަ، މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަން އަދި މީރު މޯލްޑިވްސް ރިސޯޓް އައިލެންޑުން ވަނީ ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުވެސް ގާއިމުކޮށްދީފަ އެވެ.

1 Comment
ގުޅުންހުރި
ވަގު ގޯތި މައްސަލަ: މުސާރަ ލިބޭ ގޮތަށް ފަޒީލް ސަސްޕެންޝަންގައި ހުންނަތާ
އުޅަނދުތަކަށް އިތުރު އިންޝުއަރެންސެއް ތައާރަފު ކުރަން މަސައްކަތް ކުރަނީ
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
އެމެރިކާގެ ހަމަލާގެ ސަބަބުން އެހާބޮޑު ގެއްލުމެއްނުވޭ: އިރާން
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެމެރިކާގެ އެންމެ ފަހުގެ ބޮން އަޅާ ބޯޓުތައް ގުއާމަށް ގެންގޮސްފި