ދިވެހި މުޖުތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާގެ މާތް ސުންނަތުން ފެންނާން ހުރި ކޮންމެ ކަމަކީވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށެވެ
”މިފަދަ ކޮންމެ މުނާސަބަތެއްގައިމެ، ދިވެހި ރައްޔިތުން ގަބޫލުކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމެވެ. ދިވެހި މުޖުތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމެވެ..،“ އެ މަނިކުފާނުގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސްގެ ހިތާބުގައި ވަނީ، މާތް ނަބިއްޔާ، އެކަލޭގެފާނު އުފަންވެވަޑައިގަތް ބިން ދޫކުރައްވައި، ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް އިބުރަތެއް ލިބިދޭ ތާރީހީ ހާދިސާއެއްކަން ފާހަގަކުރައްވައިފައެވެ.
”ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެށްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ގައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންވީ ހިކުމަތްތެރި ހަމަތަކެކެވެ..،“ ރަސޫލާގެ ހިޖުރައިގެ އެ ދަތުރުފުޅަށް އަލިއަޅުއްވައިލައްވަމުން ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިޖުރައިގެ ދަތުރުފުޅަށް ރަސޫލާ ދުރާލާ ތައްޔާރުވެ ވަޑައިގެން، ހުރިހާ ކަމެއް ގެންދަވާނެ ގޮތް ރޭއްވެވުމަކީ، ކަމެއް ކާމިޔާބު ކުރުމަށް ބުއްދިވެރިކަމާއެކު ޕްލޭން ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ހިޖުރައިގެ ދަތުރުފުޅުގެ ހައެއްކަ މަސް ކުރިއަށް ދަތުރުފުޅުގެ ސަވާރީ ހޯއްދަވައި، ހާނުއްވަން ފެށްޓެވި ކަމަށް ރައީސް ވިދާޅުވިއެވެ.
”މަދީނާއަށް ހިޖުރަ ކުރައްވަމުން ދިޔަ ސަހާބީންގެ ފުށުން ހަބަރުތައް އޮޅުންފިލުއްވަމުން ގެންދެވިއެވެ. މަދީނާގެ ކަމުވޮށީންގެ ދެ ވަފްދަކާއެކު ދުރާލާ މަޝްވަރާ ކުރައްވައި ބައިއަތު ހިއްޕެވިއެވެ. މުޅި ދަތުރުފުޅުގެ މިސްރާބާއި މަންޒިލްތައް ކަނޑައެޅުއްވުމުގައި ސިއްރު ހިފެހެއްޓެވިއެވެ..،“ ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
އޭގެ އިތުރުން ވެސް އެ ދަތުރުފުޅުގައި ރަސޫލާ އަމަލުކުރައްވަމުން ގެންދެވި ގޮތްތައް ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

18 Comments
ގުޅުންހުރި
ގޮއިދޫ ފަޅުގައި ރިސޯޓު ހެދުމަށް މި މަހު ބަޔަކާ ހަވާލުކުރަނީ
ހިޔާ ފުލެޓް ލިބުމުން އަތުލި ސިފްކޯ ފުލެޓް އަލުން ދިނުމަށް ހުކުމްކޮށްފި
އީޕީއޭ ނަން ބަދަލުކޮށް މިނިސްޓްރީގެ ސެކްޝަނަކަށް ބަދަލުކޮށްފި
ބަންޑާރަ ނައިބު އޮފީހުގެ ބާރުތަކެއް ރައީސްއަށް ލިބޭ ބިލު ފާސްކޮށްފި
ސޯޝަލް ހައުސިން ޕޮއިންޓް ދިނުމުގެ އުސޫލު ހެދުމުގެ ބާރު ކައުންސިލަށް އޮންނާނެ:
ޣައްޒާގެ ރައްޔިތުންނަށް އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަނީ