ހުޅުމާލޭގައި ބިނާކުރި އެންމެ ބޮޑު ހޮޓާ ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓެލް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
އެތަން ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އެ ހަފްލާގައި މެންހެޓަން ހިންގާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ނައީމް (މަޝްހޫރު ނަމުންނަމަ ރާންބާ ނައީމްބެ)ވެސް ބައިވެރިވެވަޑައިގަތެވެ.
ލަގްޒަރީ ހުރިހާ ޚިދްމަތްތަކާއި އެކު މިރޭ ހުޅުވި މެންހެޓަން ގްރޭންޑު ހޮޓަލުގައި 162 ކޮޓަރި އާއި ކެފޭ ރެސްޓޯރެންޓްތަކާއި ކޮންފަރެންސް ހޯލެއް ހުރެ އެވެ. އައުޑްޑޯ ސުވިމިންޕޫލަކާއި ސްޕާ އެންޑް ވެލްނަސް ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް ވެސް އެތަނުގައި ވަނީ ގާއިމްކޮށްފަ އެވެ.
އެސްޓީއޯއިން ސިޓީ ހޮޓާ ހިންގަން ހުޅުމާލޭ ފޭސް 1 ގައި އެޅި އިމާރާތް ”މެންހަޓަން ގްރޭންޑް“ ގެ ނަމުގައި ތަރައްގީކުރީ ”ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އިމާރާތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ.











ކޮމެންޓް