ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ތާއީދު ރިޔާޒަށް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރިޔާޒަށް ތާއީދުކޮށްފި އެވެ.

އަހުމަދު ރިޔާޒަކީ އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ތިމަރަފުށި ދާއިރާ އަށް ވާދަކުރައްވަނީ އިބްރާހިމް ސަނާހް (ސަންޓޯ) އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވަނީ އަހުމަދު ރިޔާޒަށެވެ.

އަހްމަދު ރިޔާޒްގެ ކެމްޕެއިނަށް ހަދާފައިވާ އެކްސް ހެންޑަލްގެ ޕޯސްޓެއްގައި ބުނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ފާތިމަތު ޒިލްމާ އާއި ޓީމް އޭނާ އަށް ތާއީދުކޮށް އެންޑޯސްކޮށްފައިވާ ކަމަށެވެ.

”ޒިލްމާ ވިދާޅުވީ ގޮތުގައި މިއީ ދާއިރާގެ ތަރައްގީ އަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް ނިންމެވި ނިންމުމެއް،“ އެ ޕޯސްޓުގައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.