އިންޑިއާ ސަރުކާރުން ޑިމާންޑު ކުރަނީ މޯދީއަށް ބަދުބަސް ރައްދުކުރި ނައިބުން ވަކިކުރަން

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދުކުރި ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން މަގާމުން ވަކިކުރަން އިންޑިއާ ސަރުކާރުން ޑިމާންޑް ކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ ’ހިންދުސްތާން ޓައިމްސް‘ އިން ރިޕޯޓްކޮށްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވަނީ އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށް ބައްދަލު ކުރައްވައިފަ އެވެ.

މައުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ ’ހިންދުސްތާން ޓައިމްސް‘ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަހީބް އާއި ޖައިޝަންކަރާ ދެމެދު ބޭއްވި ބައްދަލުވުން ކުރިއަށް ދިޔައީ ހަތަރު މިނެޓަށެވެ.

އެ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުން ވަނީ ދެ ގައުމުގެ ގުޅުން ގޯސްވެގެން ދިޔައީ ރާއްޖޭގެ ސަބަބުން ކަމަށް ވުމުން، އެކަން ރަނގަޅު ކުރުމުގެ ޒިންމާ ރައީސް މުހައްމަދު މުއިއްޒު ނަންގަވަން ޖެހޭ ކަމަށް ބުނެފަ އެވެ.

އަދި އިންޑިއާއަށާއި ބޮޑުވަޒީރު މޯދީއަށް ބަދުބަސް ރައްދު ކުރި ތިން މިނިސްޓަރުން ސަސްޕެންޑް ކުރުމުން އެކަނި ނުފުދޭ ކަމަށާއި އެ ތިން ބޭފުޅުން ވަޒީފާއިން ވަކިކުރަން ޖެހޭނެ ކަމަށްވެސް ބުނި ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

މި މައްސަލާގައި ސަސްޕެންޑް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނަނީ ޔޫތް މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ (ނަންނަ) އަދި އަބްދުﷲ މަހްޒޫމް މާޖިދެވެ. އެ ތިން ބޭފުޅުން ސަސްޕެންޑް ކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް އަދި މުސާރަ ހިނގާ ގޮތަށްތޯ ނުވަތަ ނޫންތޯވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.