މަޖިލިސް އިންތިހާބުގައި ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރުކޮށްފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ވަގުތަށް ދޮޅު ގަޑިއިރު އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލާ ގަޑީގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ހެނދުނު 8:00 އިން ފެށިގެން 4:00 ޖެހުމާ ހަމައަށެވެ.

އީސިން ބުނީ، އިންތިހާބާ ގުޅިގެން ގައުމީ ލަފާދޭ ކޮމިޓީން އިއްޔެ މަޝްވަރާކޮށް ދިން ލަފައާ އެއްގޮތަށް އިންތިހާބުގައި ވޯޓުލާ ގަޑި 5:30 އާ ހަމައަށް އިތުރު ކުރަން މިއަދު ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމުމުން ދެން އިންތިހާބުގައި ވޯޓުލާނީ ހެނދުނު 08:00 އިން ފެށިގެން 5:30 އާ ހަމައަށެވެ. ނަމަވެސް އެއަށްވުރެ ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީން ބުނެ އެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.