އެމްޑީޕީގެ މަޖިލިސް ޓިކެޓު ލިބުނު ކެންޑިޑޭޓުންގެ ލިސްޓުން މައިފޫނާގެ ނަން އުނިކޮށްފި

A
10 ޖޫން 2024 19:442 މިނިޓުގެ ކިޔުން
Aa

މި އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރެއިން ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުންގެ ލިސްޓުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު (މައިފޫނާ)ގެ ނަން އުނިކޮށްފި އެވެ.

ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓަށް ކަށަވަރުވި ކެންޑިޑޭޓުންގެ ލިސްޓު އެ ޕާޓީން އާންމުކުރީ ރޭގެ ވަގުތެއްގަ އެވެ. އެ ލިސްޓުގައިވާ ގޮތުން 36 ކެންޑިޑޭޓަކަށް ޓިކެޓް ވަނީ ކަށަވަރުވެފަ އެވެ. އެ ބޭފުޅުންނަށް ޓިކެޓު ކަށަވަރުވީ ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިނުލައްވާތީ އެވެ.

ރޭ އާންމުކުރި ލިސްޓުގައި ސައީދުގެ ނަންވެސް އޮތެވެ. އޭނާއަށް ކަށަވަރުވީ ގައްދޫ ދާއިރާގެ ޓިކެޓެވެ. ނަމަވެސް އެމްޑީޕީން މިހާރު ވަނީ އެ ލިސްޓު އިސްލާހުކޮށްފަ އެވެ. އިސްލާހުކުރި ލިސްޓުގައި ސައީދުގެ ނަމެއް ނެތެވެ. އެހެން އިތުރު އުނިއުތުރެއް އެ ލިސްޓަކަށް ގެނެސްފައެއް ނުވެ އެވެ.

ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓް ކަށަވަރުވި ކެންޑިޑޭޓުން:

  • އަހުމަދު ސަލީމް – ހޯރަފުށި ދާއިރާ

  • މުހައްމަދު އާރިފް – އިހަވަންދޫ ދާއިރާ

  • ހުސައިން ޒިޔާދު – ވައިކަރަދޫ ދާއިރާ

  • މުހައްމަދު ރާއީ – މަކުނުދޫ ދާއިރާ

  • އަލީ ރިޒާ – މިލަންދާ ދާއިރާ

  • މުހައްމަދު ޝާހިދު – ފުނަދޫ ދާއިރާ

  • އަހުމަރު ފާތިހު – ހޮޅުދޫ ދާއިރާ

  • އިސްމާއިލް އަހުމަދު – ދުވާފަރު ދާއިރާ

  • މުހައްމަދު ޝަފީގު – ތުޅާދޫ ދާއިރާ

  • ޖީހާން މަހުމޫދު – ހިންނަވަރު ދާއިރާ

  • މުހައްމަދު ލުތުފީ – މާފުށި ދާއިރާ

  • އިބްރާހިމް އަމީރު – ތުލުސްދޫ ދާއިރާ

  • އަލީ އަމީޒް – މާމިގިލި ދާއިރާ

  • އިކްރާމް ހަސަން – ދިއްގަރު ދާއިރާ

  • އިޔާސް އިސްމާއިލް ލަތީފް – މީދޫ ދާއިރާ

  • ހަސަން ޝިނާން – ގުރައިދޫ ދާއިރާ

  • ހުސައިން އަބޫބަކުރު – ފޮނަދޫ ދާއިރާ

  • ޔައުގޫބު އަބްދުﷲ – ދާންދޫ ދާއިރާ

  • އަހުމަދު ސައީދު – ގެމަނަފުށި ދާއިރާ

  • ސައްޔާހު ހަލީހް – ކޮލަމާފުށި ދާއިރާ

  • އަހުމަދު ގައިސް – ތިނަދޫ އުތުރު ދާއިރާ

  • އަހުމަދު ޒައީމް – ފަރެސްމާތޮޑާ ދާއިރާ

  • ހުސައިން މުހައްމަދު ދީދީ – ފުވައްމުލަކު މެދު ދާއިރާ

  • މުހައްމަދު އަސްލަމް – ހިތަދޫ އުތުރު ދާއިރާ

  • އިބްރާހިމް ނާޒިލް – ހިތަދޫ ދެކުނު ދާއިރާ

  • އިބްރާހިމް އަލީ ޖަލީލް – މެދު ހެންވޭރު ދާއިރާ

  • ހުސައިން ޝަމީމް – ހެންވޭރު ދެކުނު ދާއިރާ

  • މުހައްމަދު އިބްރާހިމް – ގަލޮޅު އުތުރު ދާއިރާ

  • މީކާއިލް އަހުމަދު ނަސީމް – ގަލޮޅު ދެކުނު ދާއިރާ

  • ލިރުގާމް ވަހީދު – މައްޗަންގޯޅި އުތުރު ދާއިރާ

  • އަބްދުﷲ ސިނާން – މައްޗަންގޯޅި ދެކުނު ދާއިރާ

  • މުހައްމަދު ފަލާހު – މާފަންނު ހުޅަނގު ދާއިރާ

  • އަހުމަދު އާމިރު – މާފަންނު މެދު ދާއިރާ

  • ހަސަން އިއާދު ސަލީމް – މާފަންނު ދެކުނު ދާއިރާ

  • އަކްރަމް ކަމާލުއްދީން – މައްޗަންގޯޅި މެދު ދާއިރާ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.