އިންތިހާބު ކުރިއަށް ދަނިކޮށް ރަސްދޫއާއި ތޮއްޑޫއަށް ފަޅެެއް ދީފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް އއ. ރަސްދޫ އަދި އއ. ތޮއްޑޫއަށް، މާފަޅުގެ ބައެއް ދީފިއެވެ.

މާފަޅުގެ ބައެއް ރަސްދޫ އަދި ތޮއްޑޫ އަށް ދީފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.

ކުރިމަތި ރިސޯޓު އޮންނަ މާފަޅަކީ ރަސްދުއާ ހަ ކިލޯ މީޓަރު ދުރުގައި، އަދި ތޮއްޑުއާ 12 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެކެވެ.

އެެ ފަޅުން ކޮންމެ ރަށަކަށް ވެސް ދީފައިވަނީ 200 ހެކްޓަރުގެ ސަރަހައްދެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.