ސްޓޭޓް ކަމަށް އައްޔަން ކުރިތާ ދެ ދުވަސް ފަހުން ވަކިކުރި މުންނިމް އަށް އަލުން އެ މަގާމު ދީފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް މުންނިމް އަނީސް އަލުން އައްޔަންކޮށްފި އެވެ.

މުންނިމް އެ މަގާމަށް ފުރަތަމަ އައްޔަން ކުރީ 21 ނޮވެމްބަރު 2025 ގަ އެވެ. ނަމަވެސް އެންމެ ދެ ދުވަސް ފަހުން އޭނާ މަގާމުން ވަކިކުރި އެވެ. ވަކިކުރި ސަބަބެއް ރައީސް އޮފީހުން އަދިވެސް ނުބުނެ އެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަކިކުރީ ރީގެ ސަރުކާރުން ދިން ސިޔާސީ މަގާމެއްގައި މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި އުޅެފައިވާތީ ޕީއެންސީގެ އިސް ބޭފުޅުންތަކެއް ޝަކުވާކުރުމާ ގުޅިގެންނެވެ.

ވަކިކުރިތާ ފަސް މަސް ފަހުން މުންނިމް އަލުން ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރި އިރު، އޭނާއަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވުނު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ޅިޔަނެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.