އިންތިހާބަށް 1 ދުވަސް: ދެ ދުވަސް ތެރޭ 6 އެއާޕޯޓެއް ހަދަން ހަވާލުކޮށްފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައިވަނިކޮށް ދެ ދުވަސް ތެރޭގައި ހަ ރަށެއްގައި އެއާޕޯޓު ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ވަނީ ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓު ހެދުމަށް އެމްޓީސީއާ ހަވާލުކޮށްފައެވެ.

އަދި މިއަދު ވަނީ ހއ. ދިއްދޫ އެއާޕޯޓް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުތަކުގެ ތަފުސީލެއް މަޝްރޫއުތަކުގެ އަގު މިނިސްޓްރީން ވެސް އަދި އެމްޓީސީސީން ވަނާ އާންމުކޮށްފައެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.