15 އަހަރަށްފަހު އީވާއަށް ގަލޮޅު އުތުރުގެ ގޮނޑި ގެއްލިއްޖެ، ކާމިޔާބު ކުރީ ކުޑޫ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަން ތިން ދައުރު ނުވަތަ 15 އަހަރު ކުރެއްވި އީވާ އަބްދުﷲ އަށް އެ ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު ނެގި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އީވާއާ ވާދަކޮށް ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އީވާ ވަނީ ބަލި ގަބޫލުކުރައްވައި ކުޑޫއަށް މަރުހަބާވެސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ގަލޮޅު އުތުރުން ދެއްވި އިތުބާރާ ޔަގީން ކަމަށް ހިތުގެ ހާލިސް ޝުކުރު ދަންނަވާ ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވުމަށް އީވާ މިފަހަރުގެ ނުކުންނެވީ އެހެން އިންތިހާބުތަކާ ހިލާފަށް އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.