20 އަހަރަށްފަހު އަސްލަމްގެ ގޮނޑިވެސް ގެއްލިއްޖެ، އެ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް ޕީއެންސީއަށް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިތުރު ދައުރަކަށް ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.

މިދިޔަ ނޮވެންބަރު މަހުން ފެށިގެން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ އެންމެ މެންބަރެވެ. އޭނާ މިފަހަރު ވާދަކުރެއްވީ ފަސްވަނަ ދައުރަކަށެވެ.

މިއަދު ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އަސްލަމް އާއެކު ޖުމުލަ ހަތް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އާއި އަމިއްލަ ގޮތުން ވާދަކުރެއްވި އިމްދާދު ޒުބެއިރާއި އަހުމަދު ސައީދާއި މުހައްމަދު މިރުޒާގާއި ޝަބީނާ އިބްރާހިމް ދީދީގެ އިތުރުން ޝަޒީމާ ރަޝީދެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ގޮނޑި ކާމިޔާބު ކުރެއްވީ، ސިނާ އެވެ. ސިނާންއާ އެންމެ ގާތުން ވާދަކުރެއްވީ އަސްލަމް އެވެ. މިއީ އެ ދާއިރާގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.