ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެނީ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ޑުރަގް ހުރި ބުލެޓްތަކެއް ދިރުވާލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، އެ މީހާއަކީ މިރޭ މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާގެ ހަށިގަނޑުގެ ތެރޭގައި ޑުރަގް ފޮރުވައިގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ.

އެ މީހާ އައިޖީއެމްއެޗް އަށް ގެންގޮސް އޭނާގެ އާއިލާއަށް އެކަމުގެ މައުލޫމާތު މިހާރު ހިއްސާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާތީ، އޭނާ ދިރުވާލައިގެން އުޅުނީ ކިތައް ޑުރަގް ބުލެޓް ކަމެއް އަދި އެއީ ކިހާ އުމުރެއްގެ މީހެއް ކަމެއް އަދި ނޭނގެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.